ގޮއިދޫގައި ސްކޭޓް ޕާކެއް އަޅަން ބަޔަކާ ހަވާލުކޮށްފި

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން

ބ. ގޮއިދޫގައި ސްކޭޓް ޕާކެއް ތަރައްގީކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

ޔޫތު މިނިސްޓްރީގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރު މުހައްމަދު ނާސިހް ރަޝީދެވެ. ބްރަދާސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިލްޔާސް އިބްރާހިމެވެ.

ޖުމުލަ 1.4 މިލިއަން ރުފިޔާގެ މި މަސައްކަތް 75 ދުވަހުގެ ތެރޭގައި ބްރަދާސް މޯލްޑިވްސް އިން ނިންމަން ޖެހެ އެވެ.

ސްކޭޓް ކުރުމަކީ ގޮއިދޫ ކުދިންގެ ތަފާތު ހުނަރެކެވެ. ގޮއިދޫ ކުޑަކުދިންގެ ސްކޭޓްކުރުމުގެ ޝައުގުވެރިކަން ފާޅުވާން ފެށީ މީގެ ފަސް ވަރަކަށް އަހަރު ކުރިންނެވެ. ކުދިންތަކެއް ހަވީރު ވަގުތު ބޯޑުތަކެއް ހިފައިގެން ނުކުމެ ސްކޭޓްކުރެވޭތޯ އުޅޭ ތަން ފެނުމުން ރަށު މީހުންނާއި ސްކޫލުން އެކަން ނެގީ ރަނުގެ ފުރުސަތެއްގެ ގޮތުގަ އެވެ. ސްކޭޓް ކުރާ ހިތްވާ ހުރިހާ ކުދިންނަށް އެ މަގު ފަހިކޮށްދީ ތަމްރީން ދިނެވެ. އަދި ސްކޭޓްކުރުމަކީ ކިޔަވައިދިނުމުގެ ބައެއްގެ ގޮތުގައި ހަމަޖެއްސި އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...