ބ. އަތޮޅުގައި ކުނި މެނޭޖްކުރަން ބޭނުންވާ މެޝިނަރީޒް ހޯދަން ބަޔަކާ ހަވާލުކޮށްފި

ބ. އަތޮޅުގެ ހަތަރު ރަށެއްގައި ކުނި މެނޭޖްކުރަން ބޭނުންވާ މެޝިނަރީޒް ފޯރުކޮށްދޭން ބ. އަތޮޅު ކައުންސިލުން ބަޔަކާ ހަވާލުކޮށްފި އެވެ.

ބ. އަތޮޅު ކައުންސިލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ކުނި މެނޭޖްކުރަން ބޭނުންވާ މެޝިނަރީޒް ސަޕްލައިކޮށް އިންސްޓޯލްޓުކުރަން ހަވާލުކުރީ ދިވެހި ކުންފުންޏެއް ކަމަށްވާ އިންޓެގްރަލް ޕްރައިވެޓް ލިމިޓެޑް އާ އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ބ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު އަފްރާހު އާއި އިންޓެގްރަލް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޔާސީން އެވެ.

ބ. އަތޮޅު ކައުންސިލުން ބުނީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށްގެންދާ މި ޕްރޮޖެކްޓްގެ ދަށުން ފުރަތަމަ ގެންނަ މެޝިނަރީސް ބަހައްޓާނީ އޭދަފުށްޓާއި ތުޅާދޫ އާއި ގޮއިދޫގެ އިތުރުން ދަރަވަންދޫގައެވެ.

އެ ތަކެތި ގެންނަން އެ ކުންފުންޏާ ހަވާލު ކުރީ 120 ދުވަހެވެ. އަދި މެޝިނަރީސްތައް އެ ރަށްތަކަށް ގެންގޮސް އިންސްޓޯލްކޮށް ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އަތޮޅު ކައުންސިލުން ވިދާޅުވެއެވެ.

ބ. އަތޮޅުގެ ރަށްތަކުގައި ކުނި މެނޭޖުކުރުމުގެ ބޮޑު މަޝްރޫއެއް ފަށަން ތައްޔާރުވަމުން އަންނައިރު، އެ ކަމަށް 8.8 މިލިއަން ރުފިޔާ އަތޮޅު ކައުންސިލުގެ މި އަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.