
ބ. ދޮންފަނު ހިމެނޭގޮތަށ ރާއްޖޭގެ 11 ރަށެއްގައި އާ ފާމަސީ ގާއިމުކުރުމަށް ނިންމައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އާ ފާމަސީތައް ގާއިމުކުރުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ހަވާލުކޮށްފައިވަނީ އެސްޓީއޯ އަށެވެ.
ދޮންފަނުގެ އިތުރުން އާ ފާމަސީތައް ގާއިމުކުރެވިގެންދާ ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ. ތުރާކުނު، ހއ. ތަކަންދޫ، ނ. ލަންދޫ، އދ. ދިގުރަށް، މ. ކޮޅުފުށި، މ. މަޑުއްވަރި، މ. ރަތްމަންދޫ، ތ. އޮމަދޫ، ގއ. ކަނޑުހުޅޫދޫ، ގއ. ކޮލަމާފުށްޓެވެ.
ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، ހެލްތު ސެންޓަރުގެ އިމާރާތުގެ އެތެރޭގައި ހުރި ފާމަސީތައް ނެގުމަށްފަހު އާ ފާމަސީތައް ގާއިމުކުރެވިގެންދާނީ ހެލްތު ސެންޓަރުގެ ގޯތިތެރޭގަ އެވެ. އަދި ހެލްތު ސެންޓަރުގެ އިމާރާތުގެ ގޯތި ތެރޭގައި ފާމަސީ އެޅުމަށް ބޭނުންވާ ބިން މިހާރު ލިބިފއައިވާ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.
ޟި ރަށްތަކުގައި ފާމަސީތައް ގާއިމުކުރުމުގެ މަސައްކަތް އެސްޓީއޯއާ ހަވާލުކޮށްފައިވަނީ 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
