ކެންދޫގައި ހަދާ ފަތާ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ނިމިއްޖެ

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން

ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ކުރިއަށް ދިޔަ ފަތާ ސަރަޙައްދު ފުންކުރުމުގެ މަސައްކަތް ނިންމާލައިފި އެވެ.

އެމްޓީސީސީން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ދަށުން 20 މީޓަރު ފުޅާ، 40 މީޓަރު ދިގު ސަރަހައްދެއް ވަނީ ފުންކޮށްފަ އެވެ.  އަދި ބޭރުތޮށި ލުމުގެ މަސައްކަތުގެ 65 އިންސައްތަ މިހާރުވަނީ ނިމިފަ އެވެ. .

ކެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން، ފަތާ ސަރަޙައްދެއް ތަރައްގީކުރުމުގެ އިތުރުން، ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް 803 މީޓަރުގެ ބޭރުތޮށި ލުމާއި، 90 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެ އެވެ. އަދި 80 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓެއް ޖެހުމާ އެކު މޫދަށް އެރޭ ސަރަހައްދެއް ތަރައްގީކުރާނެ އެވެ.

އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރީ ނޮވެމްބަރު 25, 2021 ގަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...