އިންޑިއާގެ އެހީގައި ދަރަވަންދޫގައި ހެދި ހެލްތު އިމަޖެންސީ ސެންޓަރު ހުޅުވައިފި

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން
ބ. ދަރަވަންދޫގައި ހެދި ހެލްތު އިމަޖެންސީ އެންޑް ޓްރައުމާ ސެންޓަރު ހުޅުވުން — ފޮޓޯ: އިންޑިއާ ހައިކޮމިޝަން

އިންޑިއާގެ އެހީގައި ބ. ދަރަވަންދޫގައި ހެދި ހެލްތު އިމަޖެންސީ އެންޑް ޓްރައުމާ ސެންޓަރު މިއަދު ހުޅުވައިފި އެވެ.

ދަރަވަންދޫ ސިއްހީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ސެންޓަރު ހުޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރު އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނި ގޮތުގައި ދަރަވަންދޫ ހެލްތް ސެންޓަރުގައި އިމާޖެންސީ އެންޑް ޓްރޯމާ ޔުނިޓް ގާއިމުކުރުމުގެ މަގުސަދަކީ އަތޮޅުތަކުގެ ސިއްހީ މަރުކަޒުގައި ކުއްލި ސިއްޙީ ހިދުމަތް ދިނުމައްޓަކައި އިމާޖެންސީ އެންޑް ޓްރޯމާ އަށް ބޭނުންވާ އާލާތްތައް ގާއިމު ކުުރުމާއި ސިއްހީ ހިދްމަތް އަޕްގްރޭޑްކޮށް ރާއްޖޭގެ ކަންކޮޅުތަކުން ހޮވާލެވޭ ސަރަހައްދުތަކުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ ގާބިލްކަން އިތުރަށް ވަރުގަދަ ކުރުން ކަމަށެވެ.

މިގޮތުން ތަރައްގީ ކުރެވިގެންދާ ސިއްހީ ހީދްމަތްދޭ ތަންތަން ނެޝަނަލް ޑިސާސްޓާ ރެސްޕޮންސް ޕްލޭން ނެޓްވޯކް އާއި ގުޅައިލާ މިފަދަ ތަންތަނުގެ ބޭނުން ރަށުގެ ފެންވަރުގައި އަދި ގައުމީ ފެންވަރުގެ ރޭވުންތަކުގައި ހިމެނުން ކަމަށެވެ.

ދަރަވަންދޫ ހެލްތް ސެންޓަރުގައި އިމާޖެންސީ އެންޑް ޓްރޯމާ ޔުނިޓް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ސަފީރު މުނު މަހާވަރު ވިދާޅުވި ގޮތުގައި މި ޔުނިޓުގެ މަސައްކަތުންވެސް ދޭހަކޮށް ދެނީ ރާއްޖެ-އިންޑިއާގެ ފުޅާ / ވަރުގަދަ ގުޅުމެވެ.

“އިންޑިއާ އާއި ދިވެހިރާއްޖޭގެ ތަރައްގީގެ ގުޅުން ވަނީ ވަރަށް ބޮޑަށް ކުރުއަރާފައި، މި ގުޅުމަކީ ވަރަށް ފުޅާ ގުޅުމެއް. އެގޮތުން މި ގުޅުމުގެ ތެރެއިން އުމްރާނީ މަސައްކަތްތަކާއި އިޖްތިމާއީ ތަރައްގީގެ މަސައްކަތްތަކުގެ އިތުރުން ތަމްރީނާއި ގާބިލިއްޔަތުކަން އިތުރުކުރުން ހިމެނޭ،” ސަފީރު ވިދާޅުވިއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...