ބީއެމްއެލްގެ އެހީއާ އެކު އޭދަފުށީގައި ކޮމިއުނިޓީ ޕާކެއް

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި ބ. އޭދަފުށީގާއި ގާއިމުކުރި ކޮމިއުނިޓީ ޕާކު އިއްޔެ ހުޅުވައިފި އެވެ.

މި ޕްރޮޖެކްޓަކީ އޭދަފުށީ ވެސްޓް ވިންގްސް ޖަމިއްޔާއިން ކޮމިއުނިޓީ ފަންޑަށް ހުށަހެޅި ޕްރޮޕޯސަލް ކާމިޔާބުކޮށްގެން ބީއެމްއެލްގެ އެހީއާއެކު އެ ޖަމިއްޔާއިން ހެދި ޕާކެކެވެ.

މި ޕާކު ހުޅުވުމުގެ ގޮތުން އިއްޔެ ވަނީ ރޮބޯމޭންގެ މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް ވެސް ދައްކައިލައިފަ އެވެ.

މި ޕާކަކީ ރަށުގައި ދިރިއުޅޭ ހުރިހާ އުމުރުފުރައެއްގެ މީހުން އެއްވެ، ގުޅުން ބަދަހިކުރުމާއި މުނިފޫހިފިލުވުމަށް މާހައުލެއް ބިނާކުރުމަށް ހެދި ޕާކެއް އެ ޖަމިއްޔާއިން ބުންޏެވެ.

އޭދަފުށީ ދިރާގާ ދިމާ މޫދައްއެރޭ ސަރަހައްދުގައި ހުޅުވި މި ކޮމިއުނިޓީ ޕާކުގައި ބާބަކިއު ހެދުމަށް ހާއްސަ ތަނަކާއި އަދި ކުޑަކުދިން ކުޅުމަށް ހާއްސަ ސަރަހައްދަކާއި އައުޓްޑޯ ލައިބްރަރީއެއްގެ އިތުރުން ޕިކްނިކް ދާ މީހުންނަށް އައުޓްޑޯ ޝަވަރާއި، ކެންޓީނެއްގެ އިތުރުން އެކި ސަރަހައްދު ތަކުގައި އައުޓްޑޯ ގޮނޑިފަދަ ތަކެތި ބަހައްޓާފައިވެ އެވެ.

ވެސްޓް ވިންގްސް އިން ބުނީ މި ޕާކު ތަރައްގީ ކުރުމަށް ބީއެމްއެލްގެ އިތުރުން އޭދަފުށީގެ އާއްމުންގެ ފަރާތުން ލިބުނު އެހީތެރިކަމާ އެއްބާރުލުން ފާހަގަކޮށް އެ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރާ ކަމަށެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލާފައިވާ ފަންޑެކެވެ. އެ ފަންޑުގެ ދަށުން ކޮންމެ ކުއާޓަރެއްގައި ފަސް ޕްރޮޖެކްޓަކަށް އެހީވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.