އުތުރާއި ދެކުނުގައި 40،000 ހައުސިން ޔުނިޓް އަޅަނީ

އޭދަފުށި ޓައިމްސްވިޔަފާރި
ގދ. ތިނަދޫގައި އަޅާ ހައުސިން ޔުނިޓުތަކެއް:

ރާއްޖޭގެ އުތުރާއި ދެކުނުގައި އަޅަން ނިންމާފައިވާ 40،000 ހައުސިން ޔުނިޓަށް އިންވެސްޓަރުން ހޯދުމުގެ ސަރުކާރުން ފަށައިފި އެވެ.

ރާއްޖޭގެ އުތުރުގައި އުތުރުގައި ހައުސިން ޔުނިޓްތައް އެޅުމަށް ނިންމާފައިވަނީ ހއ، ހދ. އަދި ށ. އަތޮޅުގައެވެ. އަދި ރާއްޖޭގެ ދެކުނުގައި އަޅާ ހައުސިން ޔުނިޓް އެޅުމަށް ނިންމާފައިވަނީ ގއ، ގދ، ފުވައްމުލައް އަދި އައްޑޫ ސިޓީ ގައެވެ.

މި މަޝްރޫގެ ދަށުން އެޅުމަށް ހަމަޖެހިފައިވަނީ ހަތަރު ބުރި އާއި ތިން ބުރީގެ ހައުސިން ޔުނިޓްތަކާއި، 15 އަދި 20 ބުރީގެ ހައުސިން ޔުނިޓްތަކެވެ. މިތަނުން ބައެއް ހައުސިން ޔުނިޓުތަކުގައި ވިޔަފާރިތަކަށް ހާއްސަކޮށް ޖާގަތައް ކުއްޔަށް ދިނުމަށް ވަނީ ނިންމާފަ އެވެ.

ސަރުކާރުން ބުނިގޮތުގައި ހައުސިން ޔުނިޓްތައް އެޅުމަށް އިންވެސްޓަރުން ހޯދަނީ ކޮންޓްރެކްޓާ ފައިނޭންސާއި ކޮންސެޝަނަލް ފައިނޭންސިން މޮޑެލް މެދުވެރިކޮށެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...