މާއްޑުއާއި ދަކަންދޫ ކައުންސިލްތަކަށް ދޫކުރަން ނިންމައި ކުރިމަތިލާން ހުޅުވާލައިފި

ބ. މާއްޑޫ

ބ. މާއްޑު އާއި ދަކަންދޫ ހިމެނޭގޮތަށް 25 ފަޅުރަށެއް ބެލެހެއްޓުން ކައުންސިލްތަކާ ހަވާލުކުރަން ނިންމައި، އެ ފަޅުރަށްތަކަށް ކައުންސިލުތަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މޯލްޑިވްސް ލޭންޑް އެންޑް ސަވޭ އޮތޯރިޓީ އިއްޔެ  ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، 25 ފަޅުރަށެއް ކައުންސިލްތަކަށް ދޫކުރަން ހުޅުވާލާފައިވަނީ، ‘މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދު’ގެ ފަސްވަނަ މާއްދާގެ (ށ)ގެ ތިންވަނަ ނަންބަރުގެ ދަށުން ކަމަށެވެ.

ރަށްރަށުގެ ތަރައްގީގެ ބޭނުމަށް ރަށްރަށުގެ ކައުންސިލްތަކުން އެދޭ އިހުތިސާސުން ބޭރުގައި ހިމެނޭ ފަޅުފަޅާއި ރަށްރަށް އެ ކައުންސިލްތަކަށް ހަވާލު ކުރެވޭނެ ގޮތަށް ހަމަޖައްސާ، އެކަމުގެ އުސޫލު ސަރުކާރުން ގެޒެޓް ކުރީ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.

އެ ގަވާއިދު ބުނާގޮތުން، ރަށްރަށް ދޫކުރެވޭނީ 21 އަހަރުގެ މުއްދަތަކަށެވެ. އަދި، ރަށް ދޫކުރާނެ ފަރާތްތައް ނިންމާނީ، ވަޒީރުންގެ މަޖިލީހުގެ ހުއްދައާ އެކު ރައީސް އެވެ. މިގޮތަށް ކައުންސިލްތަކަށް ދޫކުރާ ރަށް ރައީސްގެ ހުއްދައާ އެކު، ތިންވަނަ ފަރާތަކަށް ކުއްޔަށް ދިނުންފަދަ ކަންކަން ގަވާއިދުން ހުއްދަ ކުރެ އެވެ.

ރަށެއް ހޯދުމަށް ޕްރޮޕޯސަލް ހުށައެޅުމުގެ ކުރިން ރަށުގެ ރައްޔިތުންނާ މަޝްވަރާކޮށް ރައްޔިތުންގެ ބައްދަލުވުމަކުން ޕްރޮޕޯސަލް ފާސްކުރަންޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި އެ ރަށެއްގައި ކުރަން ނިންމާ ބޭނުމަކަށް ކައުންސިލަށް ރަށް ދޫކުރުމާ ގުޅޭގޮތުން، އެ އަތޮޅެއްގެ އަތޮޅު ކައުންސިލުގެ ހުއްދަ ހޯދަންޖެހޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.