ލޯކަލް ގަވަނަންސްގެ އިސް ބޭފުޅުން ކަމަދޫ ކައުންސިލާ ބައްދަލުކުރައްވައިފި

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ އިސް ބޭފުޅުން ބ. ކަމަދޫ ކައުންސިލު އިދާރާގައި މުހިންމު ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ކަމަދޫ ކައުންސިލުގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތް އިސް ބޭފުޅުންގެ ތެރޭގައި ކަމަދޫ ހިމެނޭ ކުލަސްޓަރ ހިންގެވުމާ ޙަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރ މުޙައްމަދު ހާޝިމާއި، ލޯކަލް ގަވަރމަންޓް ޑިޕާޓްމަންޓް ހިންގެވުމާ ޙަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރު ހިމެނިވަޑައިގަންނަވައެވެ.

ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނު ބައެއް މުހިންމު ކަންތައްތަކުގެ ތެރޭގައި ޕީއެސްއައިޕީގެ ދަށުން ކަމަދޫގައި ހިންގޭ ޕްރޮޖެކްޓްތަކުގެ މަޢުލޫމާތާއި ކައުންސިލު އިދާރާގެ ޖާގައިގެ ދަތިކަން ޙައްލުކުރުމުގެ މުހިންމުކަން ހިމެނެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...