ކެންދޫ އާ އިންޖީނުގެ އާއި އޮފީސް ނިމުމަކާ ގާތަށް

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން

ބ. ކެންދޫގައި ގާއިމުކުރާ އާ އިންޖީނުގެއާއި އޮފީސް އިމާރާތުގެ 75 ޕަސެންޓް މަސައްކަތް ނިމިއްޖެ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

ފެނަކައިން ބުނި ގޮތުގައި މި މަޝްރޫޢަކީ އެރަށުގައި ދެވޭ ކަރަންޓުގެ ޚިދުމަތް ފުޅާކޮށް، ފެނަކައިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.

ފެނަކައިން ބުނިގޮތުގައި މި މަޝްރޫޢުގެ 75 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

އޮފީސް އިމާރާތުގެ ދޮރުތައް ހަރުކުރުމުގެ މަސައްކަތް މިވަގުތު ކުރިއަށްދާއިރު، ސީލިންގގެ މަސައްކަތް ވަނީ މުޅިން ނިމިފައެވެ. އާ އިންޖީނުގޭގައި މިހާރު ކުރިއަށްދަނީ މައި ތާނގީ ބެހެއްޓުމުގެ މަސައްކަތެވެ.

ފެނަކައިން އަންނަ މަހުގެ ނިޔަލަށް މި މަސައްކަތްތައް އެއްކޮށް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.

މި މަސައްކަތް ނިމުމުން، ކެންދޫގައި މިހާރު ދެމުންދާ ފެނަކައިގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، ރަށުގެ އާންމު ރައްޔިތުންނާއި ވިޔަފާރިތަކަށް ވެސް މީގެ ފައިދާ ކުރާނެކަމަށް ފެނަކައިން ބުންޏެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...