ހިތާދޫގައި “ފަހިރައްކާ” ޕްރޮގްރާމް ކުރިއަށްދަނީ

ހިތާދޫގައި ކުރިއަށް ގެންދާ’ފަހިރައްކާ’ ޕްރޮގްރާމްގެ ތެރެއިން

ބ. ހިތާދޫ ޕޮލިސް ޕޯސްޓުން އިސްނަގައިގެން އެރަށުގެ މުއައްސަސާތަކާ ގުޅިގެން “ފަހިރައްކާ” ގެ ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންދަން ފަށައިފިއެވެ.

މިމަހުގެ 15 އިން ފެށީގެން އަންނަމަހުގެ 3 އަށް ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހިތާދޫގައި ދިރިއުޅޭ އަންހެނުންނަށް އަމާޒުކޮށްގެން 20 ދުވަހުގެ ކަސްރަތު ކްލާސްތަކަކާއި، ސްކޫލުގެ ގްރޭޑް 6-9 ގެ ދަރިވަރުންނާއި މުދައްރިސުންނަށް 20 ދުވަހުގެ ފެތުމުގެ ކްލާސްތަކެއް ކުރިއަށްދާނެ އެވެ.

މި ޕްރޮގްރާމުގެ ތެރެއިން “ފަހިރާސްތާ” ގެ ނަމުގައި ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނަށާއި، މުއައްސަސާތަކާއި ކުލަބު ޖަމްޢިއްޔާތަކަށް ޓްރެފިކް ސެޝަންތަކެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ރޭވިފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި ބެލެނިވެރިންނަށް ގެވެށި އަނިޔާއާ ގުޅޭ ހޭލުންތެރިކުރުމުގެ ސެޝަންތަކަކާއި، ދަރިވަރުންނާއި ބެލެނިވެރިންނަށް ސައިބަރ ބުލީންގ އަދި ސައިބަރ ކްރައިމްއާ ގުޅޭ ސެޝަންތަކެއްވެސް ހިމެނެއެވެ.

ދަރިވަރުންނަށް ލީޑަރޝިޕް ސްކިލްސް، ބެލެނިވެރިންނަށް ކޮމިއުނިކޭޝަން ސްކިލްސް އަދި މުއައްސަސާތަކަށް ވޯކް އެތިކްސްއާ ގުޅޭ ކްލާސްތަކެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމުގައި ހިމެނޭ ސެޝަންތައް އެކުލަވާލެވިފައިވަނީ ހިތާދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ސްކޫލާ މަޝްވަރާކޮށް، ރަށަށް މި ވަގުތު އެންމެ މުހިންމުކަމަށް ފާހަގަކުރެވޭ ކަންކަމަށް އަލިއަޅުވާލައިގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.