ވިޒިޓް ދަރަވަންދޫ 2025 މާދަމާ ރޭ އިފްތިތާޙު ކުރަނީ

ދަރަވަންދޫގެ މަގުތަކުގައި ފަތުރުވެރިއަކު ބައިސްކަލް ދުއްވާލުނީ – ޒަމާނީ ފަތުރުވެރިކަމުގެ އައު ތަޖުރިބާއެއް

ބ. ދަރަވަންދޫ އިޝްތިހާރުކޮށް ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ފާހަގަކުރާ “ވިޒިޓް ދަރަވަންދޫ 2025” މާދަމާ ރޭ އިފްތިތާޙުކުރަން ނިންމައިފި އެވެ.

ދަރަވަންދޫ ކައުންސިލާއި ރައްޔިތުންނާއި އަދި ރަށުގެ ވިޔަފާރިވެރިން ގުޅިގެން ފާހަގަކުރުމަށް ހަމަޖެހިފައިވާ މި ހަރަކާތް ރަސްމީކޮށް ފެށުމަށް މާދަމާ ރޭ ދަރަވަންދޫގައި ޚާއްޞަ ޖަލްސާއެއް ބާއްވާނެ އެވެ.

ދަރަވަންދޫ ކައުންސިލުގެ ރައީސް އަލީ ސަމީޙް ވިދާޅުވި ގޮތުގައި، މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ރަށް އިތުރަށް މަޝްހޫރުކޮށް، ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތް އިތުރުކުރުމެވެ.

“މި ހަރަކާތް ލޯންޗްކުރުމަށް މާދަމާ ރޭ އިންނަ ޖަލްސާގައި އަޅުގަނޑުމެން ހިއްސާކުރާނީ ވިޒިޓް ދަރަވަންދޫ 2025 ގައި ކުރާނެ ހަރަކާތްތަކުގެ ތަފްސީލުތައް. އަދި މި ހަރަކާތުގެ ލަވައާއި، ޕްރޮމޯޝަނަލް ލޯގޯ ފަދަ ތަކެތިވެސް އިފްތިތާޙު ކުރެވޭނެ،” އަލީ ސަމީޙް ވިދާޅުވިއެވެ.

ދަރަވަންދޫގެ ހިތްގައިމު މޫދާއި ރީތި މަންޒަރުތަކުގައި ފަތުރުވެރިން އުފާވެރި ވަގުތުތަކެއް ހޭދަކުރަމުންދާ މަންޒަރު.

އަލީ ސަމީޙް ވިދާޅުވި ގޮތުގައި، މި ހަރަކާތް ކުރިއަށްދާނީ އަންނަ އަހަރުގެ ކޮންމެ މަހަކު ވަކި ހަރަކާތެއް ހިންގުމުގެ މައްޗަށެވެ.

ސަމީޙް އިތުރަށް ވިދާޅުވި ގޮތުގައި، މި ހަރަކާތުގެ އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށް ދަރަވަންދޫ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމެވެ.

މިހާރުވެސް ދަރަވަންދޫގައި 14 ގެސްޓްހައުސް ހުރިއިރު، އިތުރު ގެސްޓްހައުސްތަކެއް ހުޅުވުމަށް ތައްޔާރުވަމުންދާކަން ކައުންސިލުގެ ރައީސް ފާހަގަކުރެއްވިއެވެ. އަދި މިހާރުވެސް ފަތުރުވެރިންގެ މެދުގައި ދަރަވަންދޫއަށް ޑިމާންޑް އޮތްކަން އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.