އުރީދޫ މޯލްޑިވްސްގެ ކޯލް ސެންޓަރަށް އައި.އެސް.އޯ ސެޓްފިކެޓް ލިބިގެން ދިޔުމާއެކު، ރާއްޖޭގެ ފުރަތަމަ އައި.އެސް.އޯ ސެޓިފައިޑް ކޯލް ސެންޓަރުގެ މަގާމު އުރީދޫއަށް ލިބިއްޖެއެވެ.
މިއީ މި ސަރަހައްދުގެ ދެވަނަ އައި.އެސް.އޯ ސެޓިފައިޑް ކޮންޓެކްޓް ސެންޓަރުވެސް މެއެވެ.
މި ސެޓްފިކޭޝަން ޕްރޮސެސް ފެށުނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ބައިނަލްއަޤްވާމީ މިންގަނޑުތައް ތަންފީޒުކޮށް، އެސެސްމަންޓްތައް ފުރިހަމަކޮށްފައިވެއެވެ.
މި ސެޓްފިކޭޝަންގައި އުރީދޫގެ އިން-ހައުސް ކޯލް ސެންޓަރުގެ އޮޕަރޭޝަންތަކާއި ކްލައިންޓް ކޯލް ސެންޓަރުގެ މެނޭޖްމަންޓް ހިމެނެއެވެ. މީގެ ތެރޭގައި ސަރވިސް އެފިޝަންސީ، ރެސްޕޮންސިބިލިޓީ، ކަސްޓަމަރުންގެ ހިތްހަމަޖެހުން، ޑޭޓާ ސެކިއުރިޓީ އަދި ސަރވިސް ރިލައިބިލިޓީ ފަދަ މުހިންމު ބައިތައް ހިމެނެއެވެ.
މި ކާމިޔާބީއާއެކު އުރީދޫ މޯލްޑިވްސްއިން ވަނީ ރާއްޖޭގެ ކޯލް ސެންޓަރުތަކުގެ ކޮލިޓީއަށް އާ ބެންޗްމާކެއް ގާއިމްކޮށް، ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ޚިދުމަތުގެ ޔަގީންކަން ދީފައެވެ. މި ސެޓްފިކޭޝަނަކީ ރާއްޖޭގެ ޓެލެކޮމް ދާއިރާއަށް ކުރިއެރުންތައް ހޯދުމުގެ ލެގަސީއަށް އިތުރުވި ޗެޕްޓަރެއް ކަމަށް އުރީދޫއިން ވަނީ ފާހަގަކޮށްފައެވެ.