ފޮޓޯ ސްޓޯރީ: ޑިނަރ ނައިޓަށް ތައްޔާރުވުމުގައި އިސްރަށްވެހިން ކުރީސަފުގައި

ކިހާދޫ ސްކޫލުގެ ޑިނާ ނައިޓަށް ތައްޔާރުވުމުގައި އިސްރަށްވެހިން ބައިވެރިވަނީ

ބ. ކިހާދޫ ސްކޫލުގެ ޕީޓީއޭ އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޑިނަރ ނައިޓަށް ތައްޔާރުވުމުގެ މަސައްކަތް ފޯރިއާއެކު ކުރިއަށްދާ މަންޒަރު މި ފޮޓޯއިން ފެންނަން އެބަހުއްޓެވެ. މި އަހަރުގެ ޑިނާ ނައިޓް އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ކިހާދޫ ސްކޫލުގަ އެވެ.

ފޮޓޯގައި ފެންނަނީ ރަށުގެ އިސްރަށްވެހިން ޑިނަރ ނައިޓަށް ތައްޔާރުވުމުގެ މަސައްކަތުގައި ކުރީ ސަފުގައި ތިބި މަންޒަރެވެ. މިއީ ކިހާދޫއަށް އަންނަ ބޮޑު އީދެއްގެ ގޮތުގައި ބެލެވޭ ހަރަކާތެކެވެ. މި ހަރަކާތުގައި ރަށުގެ ކުޑަ ބޮޑު އެންމެން ބައިވެރިވެއެވެ. އަދި ރަށުން ބޭރުން އަންނަ އެތައް ސަތޭކަ މެހުމާނުންނަށް ހޫނު މަރުޙަބާ ކިޔައެވެ.

ކިހާދޫ ސްކޫލުގެ ޑިނާ ނައިޓަށް ތައްޔާރުވުމުގައި އިސްރަށްވެހިން ބައިވެރިވަނީ

ކިހާދޫ ރައްޔިތުންނާއި އަތޮޅު ތެރޭގެ ބައެއް ރިސޯޓުތަކުގެ އެހީތެރިކަމާއެކު، އެތައް ދުވަހެއްގެ ބުރަ މަސައްކަތުން ބާއްވާ މި ހަރަކާތަށް ސްކޫލުގެ ބެލެނިވެރިން ދުރާލާ ތައްޔާރުވާ މަންޒަރު މި ފޮޓޯއިން ފެންނަން އެބަހުއްޓެވެ.

މި އަހަރުގެ ޑިނަރ ނައިޓުގެ ޓިކެޓް ވިއްކަނީ 190 ރުފިޔާއަށެވެ. އަދި ޚާއްޞަ ގޯލްޑަން ޓިކެޓް ވިއްކަނީ 1500 ރުފިޔާއަށެވެ. ޑިނަރ ނައިޓުގެ މަލާފަތް ނީލަމުގައި ވާދަވެރިކަން އިތުރުވެ، އެންމެ ފަހުގެ ބިޑް 8000 ރުފިޔާއަށް އަރާފައިވާކަން ފާހަގަކުރެވެއެވެ.

ކިހާދޫ ސްކޫލުގެ ޑިނާ ނައިޓަށް ތައްޔާރުވުމުގައި އިސްރަށްވެހިން ބައިވެރިވަނީ

ފޮޓޯގައި ފެންނަ މަންޒަރުން، ކިހާދޫގެ އިސްރައްވެހިން ޑިނަރ ނައިޓަށް ތައްޔާރުވުމުގައި ދައްކާ ޝައުޤުވެރިކަމާއި ފޯރި ހާމަވެގެންދެއެވެ. މި ހަރަކާތަކީ މުޅި ރަށުގެ އެއްބައިވަންތަކަން އިތުރުކޮށް، ތަޢުލީމީ ދާއިރާއަށް އެހީތެރިވުމަށް ބާއްވާ މުހިންމު ހަރަކާތެއްކަން އެނގެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.