ޕޯލްޓްރީ ފާމެއް އަޅަން ގޮއިދޫން ބިން ކުއްޔަށް ދޫކުރަނީ

ބ. ގޮއިދޫގައި ޕޯލްޓްރީ ފާމެއް އެޅުމަށް 50،000 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޫކުރުމަށް ރަށު ކައުންސިލުން ނިންމައިފި އެވެ.

މި މަޝްރޫޢުއަށް ބިމެއް ހޯދުމަށް ފުރަތަމަ އިޢުލާނު ކުރީ މިދިޔަ އޮކްޓޫބަރު 13 ވަނަ ދުވަހުއެވެ. އޭރު އަށް ފަރާތަކުން ޝައުޤުވެރިކަން ފާޅުކުރި ނަމަވެސް، ހުށަހެޅުނު ބިމު ކުލީގެ އަގުތައް އެކަށީގެންވާ ވަރަށްވުރެ ކުޑަވުމާ ގުޅިގެން އެ އިޢުލާނު ވަނީ ބާޠިލުކޮށްފައެވެ.

މިހާރު މި ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ރަށުގެ ދެކުނު ފަރާތު ހަ ނަންބަރު ގޮނޑުދޮށުން، ލޭންޑް ޔޫޒް ޕްލޭންގައި ކަނޑައަޅާފައިވާ ސަރަހައްދުންނެވެ.

ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި ރަށުގެ ލޭންޑް ޔޫޒް ޕްލޭން އެކުލަވާލިއިރު، ރައްޔިތުންގެ ފަރާތުން ޕޯލްޓްރީ ފާމަކަށް ފާޅުކުރި ޝައުޤުވެރިކަމަށް ރިޢާޔަތްކޮށް، 50،000 އަކަފޫޓުގެ ބިމެއް މިކަމަށް ވަނީ ޚާއްޞަކޮށްފައެވެ.

ބީލަން ފޮތް ލިބެން ހުންނާނީ މާދަމާއިން ފެށިގެން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރު 12:00 އަށް ކައުންސިލް އިދާރާގެ ކައުންޓަރުންނެވެ. ބީލަން ފޮތުގެ އަގަކީ 1،500 ރުފިޔާ އެވެ. އަދި އޮންލައިންކޮށްވެސް ބީލަން ފޮތް ގަނެވޭނެއެވެ. މި ބީލަމުގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކާއި، ޕާޓްނަރޝިޕްތަކާއި، ކޯޕަރޭޓިވް ސޮސައިޓީތަކުގެ އިތުރުން އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށްވެސް ބައިވެރިވެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ރައްޔިތުމީހާ

    ތި ކައުންސިލަށް ގޮއިދޫއިން ދޫނުކުރެވެނީ ހަމަ އެކަނި ރައްޔިތުންނަށް ގެވަޅު. އެހެން ހުރިހާކަމަކަށް ބިން ދޫކުރެވޭ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.