ކަމަދޫ ސްކޫލަށް ޕްރިންސިޕަލަކު ހޯދަން އިޢުލާންކޮށްފި

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބ. ކަމަދޫ ސްކޫލާއެކު ފަސް ސްކޫލަކަށް ޕްރިންސިޕަލުން ހޯދުމަށް އިޢުލާންކޮށްފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބ. ކަމަދޫ ސްކޫލުގެ އިތުރުން ޕްރިންސިޕަލުން ހޯދަން އިޢުލާންކޮށްފައިވަނީ ހއ. ވަށަފަރު މަދަރުސާ، ލ. ކުނަހަންދޫ ސްކޫލް އަދި ގއ. ގެމަނަފުށީ ސްކޫލަށެވެ. މި އިޢުލާނުތަކުގެ މުއްދަތު ހަމަވާނީ 21 ޖަނަވަރީ 2025 އަށެވެ.

މީގެ އިތުރުން ގއ. އަތޮޅު މަދަރުސާއަށް ޕްރިންސިޕަލަކު ހޯދުމަށް މިމަހުގެ އަށްވަނަ ދުވަހު ވަނީ އިޢުލާންކޮށްފައެވެ. މި އިޢުލާނުގެ މުއްދަތު ހަމަވާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.

ދެ ރޭންކެއްގެ ޕްރިންސިޕަލުންނަށް އެ މަގާމަށް ކުރިމަތިލެވޭ ގޮތަށް ހުޅުވާލާފައި ވާއިރު އެއްވަނަ ރޭންކުގެ ޕްރިންސިޕަލަކަށް އެލަވަންސްތަކާ އެކު މުސާރައަކީ 26،181ރ. އެވެ. ދެވަނަ ރޭންކުގެ ޕްރިންސިޕަލަކަށް 28،285ރ. އެވެ. އަދި ހާޒިރީ އެލަވަންސްގެ ގޮތުގައި ދުވާލަކަށް 258 ރުފިޔާ ލިބޭނެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...