
ބ. ކަމަދޫގައި “ކަމަދޫ އައިލޭންޑް މިއުޒިކް ފެސްޓިވަލް” ގެ ނަމުގައި ތިން ދުވަހުގެ މުނިފޫހިފިލުވުމުގެ ފެސްޓިވަލެއް ބާއްވަން ނިންމައިފި އެވެ.
އަންނަ ފެބްރުއަރީ މަހުގެ 12 އިން 14 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަންނާނުން ބައިވެރިވެ، އެ ފަރާތްތަކުގެ ހުށަހެޅުންތައް ގެނެސްދޭނެ ކަމަށް އިންތިޒާމު ކުރާ ފަރާތުން މަޢުލޫމާތު ދެއެވެ.
މި ފެސްޓިވަލްގައި މިއުޒިކް ޝޯތަކުގެ އިތުރުން ތަފާތު އެކި ވޯކްޝޮޕްތަކާއި، ބީޗް ކުޅިވަރުތައް ކުރިޔަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އަދި ދިވެހި އާޓިސްޓުންގެ ހުނަރުވެރިކަމާއި ސަގާފީ ހަރަކާތްތައްވެސް މި ފެސްޓިވަލްގައި ފެނިގެންދާނެއެވެ.

އިންތިޒާމު ކުރާ ފަރާތުން ބުނީ ފެސްޓިވަލްގެ ޓިކެޓް އަގުތަކާއި އެހެނިހެން މަޢުލޫމާތު އިތުރަށް ތަފްސީލުކޮށް ކުރިޔަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށެވެ.
ނުބައިވެގެންވާ މުންކަރާތްތައް ހިންގަނީ ބިރެއްނެތްތަ . ފިރިހެނުން ދައްޔޫސުންނަށްވާއިރު .