
މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމު) މި ރޯދަ މަހަށް ޚާއްޞަ ހަދިޔާއެއްގެ ގޮތުގައި ބ. ކަމަދޫގެ ކޮންމެ ގެއަކަށް ބިސް ކޭހެއް ހަދިޔާކުރުމަށް ނިންމަވައިފިއެވެ.
އެމްޑީއޭގެ ނައިބު ރައީސް އަދި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެފައިވަނީ ރޯދަ މަހުގައި ކަމަދޫގައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ސިޔާމް ކެއާގެ ފަރާތުން ބިސް ކޭހެއް ދިނުމަށް ސިޔާމް ނިންމަވާފައިވާ ކަމަށެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ކަމަދޫއަކީ ސިޔާމް އެންމެފަހުން ކައިވެނިބައްލަވައިގަތް އާމިނަތު ޒާރާ ނިސްބަތްވާ ރަށެވެ.
މީގެ އިތުރުން ސިޔާމް ވަނީ ދާދިފަހުން އާބާދީގައި ގާތްގަނޑަކަށް 560 އެއްހާ މީހުން ދިރިއުޅޭ ކަމަދޫގެ ހުރިހާ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރެވޭނެ ގޮތް ވެސް ހަމަޖައްސައިދެއްވާފައެވެ.