މިސްކިތަށް ބޭނުންވާވަރަށް ކަރަންޓް ނުލިބިގެން އާ މިސްކިތް ހުޅުވޭ ގޮތެއް ނުވި

އޭދަފުށީގައި އަލަށް ބިނާކުރި މިސްކިތް

ބ. އޭދަފުށީ ޑޭޒީވިލާ މުހައްމަދު އަލީގެ ހަނދާނުގައި އެ އާއިލާއިން އޭދަފުށީގައި ބިނާކޮށްފައިވާ މިސްކިތް މި ހަފްތާ  ހުޅުވަން މަސައްކަތް ކުރިނަމަވެސް ހުޅުވޭގޮތެއް ނުވި އެވެ.

މަސްޖިދު މުހައްމަދު އަލީގޭ  ނަމުގައި އޭދަފުށީ ދެކުނު ފަރާތުގައި އިމާރާތް ކޮށްފައިވާ އެ ރީތި މިސްކިތުގެ އަމަލީ މަސައްކަތްތައް ނިންމާ މި ރޯދައަށް ވަގުތީގޮތުން ހުޅުވައި ނަމާދު ކުރެވޭވަރަށް މިސްކިތުގެ މަސައްކަތްތައް މިހާރު ވަނީ ނިންމައިފަ އެވެ. މި ހަފްތާތެރޭ މިސްކިތް ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް އެ އާއިލާއިން ބުންޏަސް، މިހާތަނަށް އައި އިރު އެކަން ކާމިޔާބު ވެފައެއް ނުވެ އެވެ.

މުހައްމަދު އަލީގެ އާއިލާގެ ބޭފުޅަކު ވިދާޅުވި ގޮތުގައި  މިސްކިތުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވިއަސް ވަގުތީގޮތުން ނުހުޅުވި ލަސްވަނީ މިސްކިތް އިތުރަށް ފުރިހަމަ ކުރުމަށް ބޭނުންވާ ބައެއް ކަންކަން ހުރުމުންނެވެ. މީގެ ތެރޭގައި މިސްކިތަށް ބޭނުންވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދުމާއި އަދި މިސްކިތުގެ ހިތްގައިމުކަން އިިތުރު ކުރުމަށް ބޭނުންވާ ކުދިކުދި އެހެންނަމަވެސް މުހިއްމު އެހެނިހެން ކަންކަން ހިމެނެއެވެ.

އެހެން ނަމަވަސް އެ އާއިލާއިން އަންނަނީ ފެނަކަ އާއި ވާހަކަ ދައްކައިގެން ވީހާވެސް އަވަހަކަށް މިސްކިތް ހުޅުވޭތޯ މަސައްކަތް ކުރަމުންނެވެ.

އެއްފަހަރާ ގާތްގަޑަކަށް 1200 އެއްހާ މީހުންނަށް ނަމާދުކުރޭވެގޮތަށް ދެ ބުރިއަށް ހަދާފައިވާ އެ މިސްކިތް ފެންނަނީ ވަރަށް ތަފާތު މިސްކިތެއްގެ ގޮތުގަ އެވެ. މިސްކިތުގެ ރީތިކަން ދައްކައިދޭ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

މިސްކިތުގެ ވަންނަ މައި ދޮރާއްޓައި އެކި ހިސާބުތަކުގައި ކުރަހަފާއިވާ އިސްލާމީވަންތަ ރީތި ޑިޒައިންތަކާއި މިސްކިތުގެ ތެރޭގައި  ގުރުއާންގެ އާޔަތްތައް، ކުރަހާފައިވަނީ ވަނީ، އާންމުކޮށް ރާއްޖޭގެ މިސްކިތްތަކުގައި ހުންނަ ގޮތަށް، ލަކުޑިއަކު ނޫނެވެ. އޭގެ ގެ ބަދަލުގައި އާޔަތްތަކާއި ރީތި ޑިޒައިންތައް ކުރަހަފައިވަނީ މިސްކިތުގެ ފާރުގައި ޖަހާފައިވާ މުށިތަކުގަ އާއި މާބުލްތަކުގަ އެވެ.

މީގެ އިތުރުން މިސްކިތުގެ އެތެރެ އާއި ބޭރު ލައިޓްތަކުން ނުކުންނަ މަޑުމަޑު ރަން އަލިން ވަރަށް ބޮޑު ހިތްގައިމުކަމެއް ފަތުރާލަ ދެ އެވެ.

އޭދަފުށީގައި އަލަށް ބިނާކުރި މިސްކިތުގެ އެތެރެ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.