ދަރަވަންދޫގައި ސަރުކާރުގެ މަޝްރޫތައް ހުއްޓިފައި!

ބ. ދަރަވަންދޫގައި ސަރުކާރުން ކުރިއަށް ގެންދާ ބޮޑެތި މަޝްރޫޢުތައް ހުއްޓިފައިވާ ކަމަށާއި، މަސައްކަތް ނިމިފައިވާ ނަރުދަމާ ވެސް ނުގުޅި ދެ އަހަރު ވެފައިވާ ކަމަށް ދަރަވަންދޫ ކައުންސިލުން ބުނެފިއެވެ.

ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހު ސަން އޮންލައިނަށް ވިދާޅުވި ގޮތުގައި ނަރުދަމާއަކީ ފަތުރުވެރިކަން ފުޅާވަމުން އަންނަ އެ ރަށުގައި ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ އަސާސީ ޚިދުމަތެކެވެ. އަދި އެއީ ވަރަށް ގިނަ ފައިސާ ހޭދަކޮށްގެން ކޮށްފައިވާ މަސައްކަތެކެވެ.

ނިމިދިޔަ ސަރުކާރުން ފެށި އެ މަސައްކަތް އެއްކޮށް ކަހަލަ ގޮތަކަށް ނިމިފައިވާކަން ފާހަގަކޮށް ސަމީހު ވިދާޅުވީ އެ މަސައްކަތް ވެސް މި ސަރުކާރުން ވެރިކަމަށް އައިފަހުން ހުއްޓިފައިވާ ކަމަށެވެ.

“ރައްޔިތުން ފެންބޮވައިގެންފައި ތިބި އެ ޚިދުމަތުގެ ފޮނިރަހަ އަދި ނުލިބި މި ދަނީ. ދެ އަހަރު ވަނީ މި ސަރުކާރަށް، އެކަމަކު ނިމިފައި އޮތް ކަމެއްގެ ޚިދުމަތް ނުފެށިގެން މި އުޅެނީ. އެހެންވީމަ މިއީ ރައްޔިތުން ވަރަށް ހިތާމަކުރާ ކަމެއް. ވަރަށް ކަންބޮޑުވާ ކަމެއް،”  އަލީ ސަމީހު ސަން އަންލައިނަށް ދީފައިވާ އިންޓަވިއުގައި ވިދާޅުވެފައިވެ އެވެ.

ބަނދަރުގެ މަސައްކަތް ވެސް މަޑުޖެހިފައި

ނިމިދިޔަ ސަރުކާރުގައި ފެށި ބަނދަރުގެ މަސައްކަތަކީ ވެސް ކައުންސިލުން ގިނަ މަސައްކަތްތަކެއް ކޮށްގެން ލިބުނު ފުރުސަތެއް ކަމަށް ސަމީހު ވިދާޅުވިއެވެ. ނަމަވެސް ސަރުކާރު ބަދަލުވުމާއެކު އެ މަސައްކަތް ވެސް ވަނީ މަޑުޖެހިފައެވެ. މިހާރު އެ މަސައްކަތް ހުއްޓިފައިވަނީ ބޮޑުހިލަ ލިބުމުގައި ދަތިތަކެއް ހުރުމުންނެވެ.

އެންމެ މުހިންމު ކަމެއްދީގެން އަޅުގަނޑުމެން ކުރަން ނިންމި ކަމެއް ބަނދަރު ނިންމުމުގެ މަސައްކަތަކީ. ބަނދަރުގެ ބޭރުތޮށި ލުމާއި ބަނދަރު ބޮޑުކުރުމާއި މި ކަންތައްތަކަކީ، ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މި އަހަރަކީ ދަރަވަންދޫއަށް ޒިޔާރަތްކުރާ އަހަރުގެ ގޮތުގައި ފާހަގަކުރަމުން އަންނައިރު، ރަށުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ މަޝްރޫޢުތައް މަޑުޖެހިފައި ހުރުމާ ގުޅިގެން، އެ ކަންކަން ވީހާވެސް އަވަހަށް ފަށައި ނިންމައިދިނުމަށް ކައުންސިލުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ދަންވަރު 2

    ކަލޭމެން ކައުންސިލުން ލަދެއް ނުގަނޭތަ ފާޑު ފާޑުގެ ވާހަކަ ދައްކަން. އަވަސް ކުރަން ބާރުއަޅަން ކަލޭމެން ކިއްކުރީ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.