މައިލޯ ސްވޭމް ޖޫނިއާސް ގައި ވާދަކުރަން އާޖީލަކަށް އޭދަފުށި ޓީމު މާލެ އަށް

ރާއްޖޭގެ ފުޓްބޯޅަ އަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދިން، އަލްމަރްހޫމް، އިހުސާން އަބްދުލް ގަނީ (ސާންތީ)ގެ ހަނދާނުގައި، ސޮކަ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްވޭމް) އިން އަށް އަހަރުން ދަށަށް ހާއްސަކޮށް، “މައިލޯ ސްވޭމް ޖޫނިއާސް” ގެ ނަމުގައި މާދަމާ ފަށާ މުބާރާތުގައި ބައިވެރިވުމަށް އާޖީލަކަށް އޭދަފުށީ ފުޓްބޯޅަ އެކަޑެމީގެ ޓީމެއް މާލެ ހިގައްޖެ އެވެ.

އާޖީލަކަށް 8 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމު ވާދަކުރާ ގްރޫޕް ސްޓޭޖުގެ މެޗުތައް އޮންނާނީ މާދަމާ  ހެނދުނު އެވެ. މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ހެންވޭރު ފުޓްބޯޅަ ދަނޑުގަ އެވެ.

އޭދަފުށި އާޖީލަކަށް ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ހެނދުނު 8:40 ގައި ނުކުންނާނީ އޮޑި ސްޕޯޓްސް އެކަޑަމީއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި މާދަމާ ހެނދުނު 11:00 ގައި ވާދަކުރާނީ ޔުނައިޓެޑް ވިކްޓަރީ، ޓީމާ އެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މާދަމާ ހަވީރު 16:00 ގައި އޭދަފުށި އާޖީލަކަށް ޓީމާ ދެކޮޅަށް ނުކުންނާނީ މާޒިޔާ ފުޓްބޯލް އެކަޑަމީގެ ބީ ޓީމާ އެވެ.

މި ހަފްތާ ބަންދުގައި ކުރިއަށްދާ “މައިލޯ ސްވޭމް ޖޫނިއާސް” މުބާރާތުގައި، 18 އެކަޑަމީ އަކުން 28 ޓީމު، ކޮންމެ ޓީމެއްގައި، 18 ކުދިން ހިމެނޭ ގޮތަށް ޓީމުތައް ވާދަކުރާނެ އެވެ.

މުބާރާތުގައި ބައިވެރިވެފައިވާ އެކަޑަމީތަކަކީ، މާޒިޔާ ފުޓްބޯލް އެކަޑަމީ، ކްލަބް ވެލެންސިއާ، އެސްޕަޔާ އެކަޑަމީ، އޮޑި ސްޕޯޓްސް އެކަޑަމީ، ބީޖީ އެކަޑަމީ، ބިސް ބުރު ސްޕޯޓްސް އެކަޑަމީ، ފްރެންޑް ފުޓްބޯލް ފެމިލީ އެކަޑަމީ، ހުޅުމާލެ ސްޕޯޓްސް ސްކޫލް، ފޭސް ޓޫ ސޮކަ އެކަޑަމީ، އާޖީލަކަށް އޭދަފުށި ފުޓްބޯލް އެކަޑަމީ، ޔުނައިޓެޑް ވިކްޓަރީ، އެޑްވެންޗާސް ފުޓްބޯލް އެކަޑަމީ، ދި ސްޓާސް އެކަޑަމީ، އައުއާ ދަނގެތި ފުޓްބޯލް އެކަޑަމީ، ވިލިމާލެ ޔުނައިޓެޑް، ސަސް އެކަޑަމީ، އަޝްފާގު އެކަޑަމީ އަދި މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އެވެ.

ސޮކަ ވެޓަރަންސް އިން ބުނީ، މިއީ، ގާތްގަނޑަކަށް 500 އެއްހާ ކުދިން ކަމަށާއި މި މުބާރާތް ރާވާފައިވަނީ އެ ހުރިހާ ކުދިންނަށް ވެސް ކުޅެވޭނެ ގޮތަށް މޮޑިފައި ކޮށްގެން، ކޮންމެ ޓީމަކަށް ވެސް، މަދުވެގެން ހަ މެޗު، ތިން ދުވަސް ތެރޭ ކުޅެން ލިބޭނެ ގޮތަކަށް ކަމަށެވެ.

މި އަހަރުގެ ކުރީކޮޅު އޮތް އެކެޑަމީ މައިލޯ އެކަޑެމީ ޗެމްޕިއަންޝިޕްގައި ވެސް، އޭދަފުށި އާޖީލަކަށް އެކެޑަމީގެ 10 އަހަރުން ދަށުގެ ފިރިހެން ޓީމު ވަނީ ވާދަކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.