އޭދަފުށި ޖޫނިއާ އޯޕަންގެ ފައިނަލިސްޓުންނަށް އިންޑިއާގައި ހިލޭ ތަމްރީނުވުމުގެ ފުރުސަތު

ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަންގައި އިއްޔެ ކުޅުނު މެޗެއްގެ ތެރެއިން،—- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ރިވައިވަލް ސްޕޯޓްސްއިން ކުރިޔަށް ގެންދާ އޭދަފުށީ ޖޫނިއާ އޯޕަން 2025ގެ ފައިނަލްގައި ވާދަކުރާ ކުޅުންތެރިންނަށް އިންޑިއާގެ ނަން މަޝްހޫރު ބެޑްމިންޓަން އެކެޑަމީއެއްގައި ހިލޭ ތަމްރީނުވުމުގެ ފުރުސަތު ލިބިއްޖެއެވެ.

ރިވައިވަލް ސްޕޯޓްސްއިން މިއަދު ހާމަކުރި ގޮތުގައި، އިންޑިއާގެ އޮޑިސާގައި ހުންނަ ބިބާސް ޕަރިޑާ ހޮލީ ޗައިލްޑް ބެޑްމިންޓަން އެކަޑަމީގައި 2 ހަފްތާގެ ޓްރޭނިން ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު މުބާރާތުގެ ހުރިހާ ފައިނަލިސްޓުންނަށް ލިބިގެންދާނެއެވެ. މި ފުރުސަތަށް ކުރިމަތިލުމުގެ މުއްދަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން 28 ޑިސެމްބަރުގެ ނިޔަލަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާ އެތުލީޓުންނަށް ހުރުމާއި ކެއުމުގެ އިންތިޒާމުތަކާއި ޓްރޭނިން ފީތައް ހަމަޖައްސައިދޭނީ ބިބާސް އެކަޑަމީންނެވެ. ނަމަވެސް އިންޑިއާއަށް ދަތުރުކުރުމަށް ޓިކެޓް ނަގަންޖެހޭނީ އެތުލީޓުން އަމިއްލައަށް ކަމަށް ރިވައިވަލް ސްޕޯޓްސްއިން ބުނެފައިވެއެވެ.

ރިވައިވަލް ސްޕޯޓްސްއިން ފާހަގަކުރި ގޮތުގައި މިއީ އެތުލީޓުންނަށް ލިބިގެންދާ ވަރަށް މުހިންމު ފުރުސަތެކެވެ. އަދި މި ފުރުސަތު މެދުވެރިކޮށް ކުޅުންތެރިންގެ ފެންވަރު އިތުރަށް މަތިކުރެވިގެންދާނެ ކަމަށް އެ ފަރާތުން ބުނެފައިވެއެވެ.

އޭދަފުށި ޖޫނިއާ އޯޕަން 2025ގައި 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 15 އަހަރުން ދަށް އަދި 17 އަހަރުން ދަށުގެ އުމުރުފުރާތަކުގައި ވާދަކުރެއެވެ. މުބާރާތުގައި ފިރިހެން އަދި އަންހެން ސިންގަލްސްގެ އިތުރުން ޑަބަލްސް މެޗުތައްވެސް ކުޅެއެވެ. މި މުބާރާތުގެ ސިންގަލްސް އިވެންޓުގައި 166 ކުޅުންތެރިންނާއި، ޑަބަލްސް އިވެންޓުގައި 67 ޕެއާ ވާދަކުރާއިރު، މިއީ ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަންގެ ދެވަނަ އެޑިޝަނެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.