
އޭދަފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ “އޭދަފުށި ކަޕް” ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފި އެވެ.
އޭދަފުއްޓަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އަންނަ އޯގަސްޓް މަހުގެ 14 ވަނަ ދުވަހާ ހަމަޔަށް ވަނީ ހުޅުވާލައިފަ އެވެ. މުބާރާތް ފަށާނީ އަންނަ ސެޕްޓެމްބަރުމަހުގެ ފަސްވަނަ ދުވަހު އެވެ.
އޭދަފުށީ ކައުންސިލުން ބުނިގޮތުގައި މި މުބާރާތުގެ މަޤްޞަދަކީ އޭދަފުށީ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް އެއްބައިވަންތަކަން ގާއިމުކޮށް އޭދަފުށީގައި އުފެދެމުންދާ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިންގެ ހުނަރު މިފަދަ މުބާރާތެއް މެދުވެރިކޮށް ދައްކާލުމުގެފުރުޞަތު ފަހިކޮށްދިނުމެވެ.
މީގެއިތުރުން މި މުބާރާތުގެ ސަބަބުން އޭދަފުށީގެ ފުޓްބޯޅައަށް އާދިރުމެއް ގެނުވައި ފުޓްބޯޅަ ކުޅޭ ޒުވާނުންގެ މެދުގައި ފުޓްބޯޅައިގެ ފޯރިއާއި ޖޯޝް އިތުރުކުންވެސް މުބާރާތް ބޭއްވުމުގެ މަގުސަތުތަކުގެ ތެރޭގައި ހިމެނެ އެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 75،000ރ. އަދި ދެ ވަނަ ޓީމަށް 50،000ރ. ވަނީ ހުށަހަޅައިފަ އެވެ.
އޭދަފުށީގައި ތަރައްގީކޮށްފައިވާ ފެންވަރު ރަނގަޅު ސްޓޭޑިއަމްގައި ކައުންސިލުން އިސްނަގައިގެން އޭދަފުށި ކަޕް ބާއްވަން ފެށީ 2021 ވަނަ އަހަރު އެވެ. މިއީ ކައުންސިލުން އިންތިޒާމުކޮށްގެން އެ މުބާރާތް ބާއްވާ ހަތަރު ވަނަ އަހަރެވެ.