ރާއްޖޭގެ ކޮންމެ ރަށަކުން ފުޓްބޯޅަ ސަހުސިއްޔަތެއް ކަނޑައަޅަނީ

ރާއްޖޭގެ ފުޓްބޯޅައިގެ އަލިމަސް ޔޫބީލް (75 އަހަރު ފުރުން) ފާހަގަކުރުމަށް އެކުލަވާލާފައިވާ “ޑައިމަންޑް ޖޫބިލީ ކޮމިޓީ” އިން ރާއްޖޭގެ ކޮންމެ ރަށަކުން ފުޓްބޯޅަ ޝަޚްޞިއްޔަތެއް ކަނޑައެޅުމުގެ މަސައްކަތް ފެށުމަށް ނިންމައިފިއެވެ.

އަންނަ އަހަރުގެ ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަލިމަސް ޔޫބީލް ފާހަގަކުރުމުގެ މުބާރާތާ ގުޅިގެން، ކްލަބްތަކުން ނަން ހުށަހަޅައިގެން އެކުލަވާލާފައިވާ ޑައިމަންޑް ޖޫބިލީ ކޮމިޓީން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ. އެޑްހޮކް ކޮމިޓީއެއްގެ ގޮތުގައި އެކުލަވާލާފައިވާ މި ކޮމިޓީގެ ޗެއާމަނަކީ، 1980 ގެ އަހަރުތަކުން ފެށިގެން ރާއްޖޭގެ ފުޓްބޯޅައިގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ސުޒޭންއެވެ.

މިރޭ ގަލޮޅު ދަނޑުގެ ވީއައިޕީ ރޫމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޓީން ހާމަކުރި ގޮތުގައި، ރަށްރަށުގެ ފުޓްބޯޅަ ޝަޚްޞިއްޔަތު ކަނޑައެޅުމުގައި އެ ރަށެއްގެ ކައުންސިލާއި ކްލަބް ޖަމްޢިއްޔާތަކުން ގުޅިގެން މަސައްކަތްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

 “އަޅުގަނޑު ފާހަގަކޮށްލަފާނަން ކުޑަކުޑަ މިސާލެއް. ރަށެއްގައި ވަރަށް މޮޅު ކުޅުންތެރިޔެއް ހުރީ. ވަރަށް މޮޅު ނޫސްވެރިޔެއް ހުރީ. ވަރަށް މޮޅު ފުޓްބޯޅަ ކުޅުންތެރިޔެއް ހުރެދާނެ. އެއީ މިކަން ވާނެ ހޯދުމުގައި ވާދަވެރިވާނެ ކަމަކަށް ވެސް،” ކޮމިޓީގެ ޗެއާމަން ސުޒޭން ވިދާޅުވިއެވެ.

ކޮމިޓީގެ ވައިސް ޗެއާމަން، ނިއު ރޭޑިއަންޓްގެ ޗެއާމަން އަޙްމަދު މުބީން ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ 75 އަހަރު ތެރޭގައި ފުޓްބޯޅައިގެ ދާއިރާގައި އެންމެ މުހިންމު ދައުރެއް އަދާކުރި ރަށްރަށް ވެސް ފާހަގަކުރުމަށް ވަނީ ނިންމާފައެވެ. އަދި ރަށްރަށުގެ ފުޓްބޯޅަ ޝަޚްޞިއްޔަތު ހޮވުމުގައި އާންމުންގެ ވޯޓު ހިމެނޭ ގޮތަށް ކްރައިޓީރިއާތައް ކަނޑައެޅުމުގެ ވިސްނުން ވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ޑައިމަންޑް ޖޫބިލީ ކޮމިޓީގައި މުބީންގެ އިތުރުން، ކްލަބް ވެލެންސިއާގެ ޗެއާމަން އަބްދުﷲ އަޒްމީނާއި، ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުޙައްމަދު ހިމެނިވަޑައިގަންނަވައެވެ. އަދި އަލިމަސް ޔޫބީލް ފާހަގަކުރުމުގެ ގޮތުން 75 ޚާއްޞަ ހަރަކާތް ހިންގުމަށް ވެސް ވަނީ ރޭވިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.