ދޮންފަނުގެ ބިން ނުހިއްކިޔަސް ބަނދަރާއި ގޮނޑުދޮށް ހިމާޔަތްކުރާނެ: މިނިސްޓަރު

ބ. ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫޢު ހުއްޓާލަން ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން، އެރަށުގެ ރައްޔިތުން މިއަދު ކައުންސިލް އިދާރާ ކައިރީގައި މުޒާހަރާކުރަން ފަށައިފި އެވެ.

ދޮންފަނު ކައުންސިލުގެ ރައީސް އަހުމަދު އިރުޝާދު ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ ގުޅިގެން ރައްޔިތުން މުޒާހަރާކުރަމުން ދަނީ ބިން ހިއްކުމުގެ މަޝްރޫޢު އަވަސްކުރުމަށް ގޮވާލައެވެ. އަދި މި ނިންމުން ނިންމުމުގެ ކުރިން ރަށުގެ ރައްޔިތުންނާއި ކައުންސިލާ މަޝްވަރާ ނުކުރާކަން ވެސް ފާހަގަކުރެއްވި އެވެ.

މިއަދު ހެނދުނު ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތިން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫއެއް ހިންގަން ވައުދުވެ، އެގްރީމެންޓްގައި ސޮއިކުރި ނަމަވެސް، ރައްޔިތުން އެކަން މިހާރު ބޭނުން ނުވާ ކަމަށް މަޢުލޫމާތު ލިބިފައިވާތީ، އެ ރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ ކަމަށެވެ.

މިދިޔަ މަހު ރައީސް މުއިއްޒު ދޮންފަނަށް ކުރެއްވި ދަތުރުފުޅުގައި، އެރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް 13 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެއްވި އެވެ. ނަމަވެސް، ދޮންފަނާ ކިލޯމީޓަރެއްހާ ދުރުގައި އޮންނަ ހަނިފަރަކީ 2009 އިން ފެށިގެން ހިމާޔަތްކޮށްފައިވާ، ދުނިޔެއިން ނެތިދިއުމުގެ ބިރުހީވެފައިވާ ދިރުންތައް އުޅޭ ސަރަހައްދަކަށް ވުމާއެކު، ބިން ހިއްކުމުގެ ސަބަބުން އެ ސަރަހައްދަށް ލިބިދާނެ ގެއްލުމާމެދު ކަންބޮޑުވުން ފާޅުކޮށް، ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިންނާއި ތިމާވެށީގެ ޖަމިއްޔާތަކުން ވަނީ އިހުތިޖާޖު ކޮށްފައެވެ.

މި މައްސަލައިގައި ރައްޔިތުންގެ މުޒާހަރާ ކުރިއަށްދާއިރު، ކައުންސިލުން ވަނީ ސަރުކާރަށް ގޮވާލައި، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެދިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.