
ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ތިން ދުވަހަށް މާލޭ ލޮނުޒިޔާރަތްކޮޅުގައި ކުރިއަށް ގެންދިޔަ މި މުބަރާތުގައި ހަތަރު ކެޓަގަރީއަކުން 33 ކުދިން ބައިވެރިވިއެވެ.
އެ ކުދިން ބައިވެރިވީ 18 އަހަރުން ދަށުގެ ފިރިހެން، 18 އަހަރުން ދަށުގެ އަންހެން، 16 އަހަރުން ދަށުގެ ފިރިހެން އަދި 14 އަހަރުން ދަށުގެ ފިރިހެން ކެޓަގަރީގަ އެވެ.
މިއީ ޖޫނިއަރ ސަރފިންގ މުބާރާތެއްގައި އަންހެން ކުދިން ބައިވެރިވި ފުރަތަމަ ފަހަރެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ގައުމީ ސަރފިންގ ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރަށް ވުމަށް މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަން (އެމްއެސްއޭ) އާއެކު ވެފައިވާ އެސްބަސްވުން ވަނީ މިދިޔަ އަހަރު އާކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން ސަރފިންގައި ޒުވާން ހުނަރުވެރިން އުފައްދާ ޕްރޮމޯޓް ކުރުމަށް އެމްއެސްއޭ އިން ކޮންމެ އަހަރަކު ބާއްވަމުންދާ ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެންޕިއަންޝިޕަށްވެސް ބީއެމްއެލްގެ އެހީތެރިކަން ފޯރުކޮށްދެއެވެ.

