ބީއެމްއެލް އިން އައްޑޫގައި ޑޮލަރު އޭޓީއެމް އާއި ކަސްޓަމާ ސާވިސް ސެންޓަރެއް ގާއިމުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައްޑޫގައި ދެމުން އަންނަ ބޭންކިންގެ ޚިދުމަތްތައް ފުޅާކޮށް ކަސްޓަމަރުން އިތުރު ފަސޭހަތަކެއް ހޯދައިދީފިއެވެ.

ޚިދުމަތް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ހިތަދޫ ބްރާންޗުގައި އާ ކަސްޓަމަރ ސާވިސް ސެންޓަރެއް ހުޅުވައި، މަރަދޫގައި ޑޮލަރު އޭޓީއެމްއެއް ވަނީ ގާއިމުކޮށްފައެވެ. އަދި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ހުޅުދޫގައި އާ ބްރާންޗެއްގެ ބިންގާވެސް ވަނީ އަޅައިފަ އެވެ. މިކަމުން ބޭންކުން ދިވެހި މުޖުތަމައުގެ ބޭނުންތައް ފުރިހަމަކޮށް، އިގްތިސާދީ ކުރިއެރުމަށް އެހީތެރިވުމަށް ދޭ އަހުމިއްޔަތުކަން ހާމަކޮށްދެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކިންގ ވިއުގަ ފުޅާކުރުމަށް މަސައްކަތް ކުރަމުންދާއިރު، ކަސްޓަމަރުންނާ އޮންނަ ގާތް ގުޅުން އިތުރަށް ވަރުގަދަކުރަން މުހިންމު އަހުމިއްޔަތުކަމެއް ދޭ ކަމަށެވެ.

“އައްޑޫގައި ޚިދުމަތް ފުޅާކުރުމަކީ ކަސްޓަމަރުން ބޭނުންވާފަދަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި އެޅުނު މުހިންމު ފިޔަވަޅެއް.”

އައްޑޫ ހިތަދޫ، ހުޅުމީދޫ އަދި މަރަދޫ ފޭދޫގައި ގާއިމުކޮށްފައި ހުންނަ ބޭންކުގެ ބްރާންޗްތައް މެދުވެރިކޮށް ބޭންކުން މިހާރުވެސް ވަރަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދެއެވެ. އަދި 11 އޭޓީއެމްގެ ސެލްފް ސަރވިސް ބޭންކިންގެ އޭޓީއެމް ސެންޓަރަކާއި، ހިތަދޫގައި ގާއިމުކޮށްފައިވާ ޑޮލަރު އޭޓީއެމްގެ ޚިދުމަތްވެސް ދެމުން ދާއިރު، ބޭންކުގެ ކޮންޓެކްޓް ސެންޓަރެއްވެސް އައްޑޫގައި ހިންގައެވެ.

މީގެ ތެރެއިން މަރަދޫ ފޭދޫގައި ހިންގާ ބޭންކުގެ ބްރާންޗް (ބީއެމްއެލް ގަމު ބްރާންޗް) އަކީ ބޭންކުގެ ތާރީހުގައި ވަރަށް ހާއްސަ ބްރާންޗެކެވެ. ގަމު ބްރާންޗަކީ މީގެ 40 އަށްވުރެ ގިނަ އަހަރު ކުރިން، 1983 ވަނަ އަހަރު މާލޭން ބޭރުގައި ގާއިމުކުރި ބޭންކުގެ ފުރަތަމަ ބްރާންޗެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 202 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 261 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ސފޯރުކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.