އަގު ހެޔޮކޮށް ވިއްކާ ފްލެޓް އަޅަން ބީއެމްއެލްއާ ބިން ހަވާލުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އުފެއްދި ސަބްސިޑަރީ ކުންފުނި އެފޯޑަބަލް ހޯމް ލީޒިން ޕްރައިވެޓް ލިމިޓެޑުން ރިއަލްއެސްޓޭޓް ވިޔަފާރި ފަށައިފި އެވެ.

ގައުމީ ބޭންކްގައި މިއަދު ބޭއްވި ރަސްމިއްޔަތެއްގައި މިއަދު ހައުސިން މިނިސްޓްރން ވަނީ ސަރުކާރުގެ ‘ނެޝަނަލް ހައުސިން ހައުސިން ސްކީމް’ގެ ދަށުން ލީޒް-ޓު-އޯން މޮޑެލްއަށް ނުވަތަ ކުލި ދައްކައިގެން މިލްކުވެރިކަން ލިބޭ ގޮތަށް 3،000 ހައުސިން ޔުނިޓް އެޅުމަށްއެފޯޑަބަލް ހޯމް ލީޒިން ކުންފުންޏާ ހަވާލުކޮށްފަ އެވެ.

އެ އެއްބަސްވުމުގައި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިިރެކްޓަރު ހަސަން ޝާމެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ.

މުއްތަލިބު ވިދާޅުވީ މަޝްރުއުގެ ދަށުން ވިލިމާލޭގައި 300 ހައުސިން ޔުނިޓް އަދި ހުޅުމާލެ ފޭސް 1 އާއި ފޭސް 3 ގައި 2،700 ހައުސިން ޔުނިޓް އަޅާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ބީއެމްއެލް އިން އަޅާ ހައުސިން ޔުނިޓްތަކަކީ އަތްފޯރާފަށުގައި ދެވޭ ހައުސިން ޔުނިޓްތަކަށް ހެދުމަށް އެ ބެންކަށް ބިން ދޫކުރަނީ ހިލެ އެވެ.

“މި ޕްރޮޖެކްޓްގެ ތެރެއިން ވިލިމާލޭގައި 300 ހައުސިން ޔުނިޓް، ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 3 ގައި 2،700 ހައުސިން ޔުނިޓް އެޅިގެން ދާނެ،” މުއްތަލިބް ވިދާޅުވި އެވެ. ” މި ތަންތަނަކީ އަތްފޯރާ ފަށުގައި ދެވޭނެ ތަންތަނަށް ހެދުމަށް ސަރުކާރުން ބޭންކަށް ބިން މި ދެނީ ބޭންކަށް އިތުރު އަގަކާ ނުލައި.”

މިނިސްޓަރު ވިދާޅުވީ ބީއެމްއެލް އިން އަޅާ 3،000 ހައުސިން ޔުނިޓަތައް ދެވޭނީ ސަރުކާރުން އިއުލާން ކުރާ ޕްރޮގްރާމަކަށް ކުރިމަތިލާ މީހުންނަށް ކަމަށެވެ.

“މި ޔުނިޓްތަކުގެ އަގު މިހާރު މި ދޫކުރާ ޔުނިޓްތަކުގެ އަގާއި އެއްވަރެއްގައި، ގާތްގަނޑަކަށް އެއްވަރެއްގައި ހިފެހެއްޓިގެން ދާނެ،” އޭނަ ވިދާޅުވި އެވެ. “މި ޕްރޮޖެކްޓްގެ ތެރެއިން އިމާރާތް ކުރެވޭ ޕްރޮޖެކްޓްތައް ދެވޭނީ ސަރުކާރުން އިއުލާންކުރާ ޕްރޮގްރާމަށް ކުރިމަތިލާ ފަރާތްތަކަށް. އޭގެ ތެރޭގައި ބޭންކުން ކަނޑައަޅާ އުސޫލުގެ ތެރެއަށް ފެއްތެން ވެސް ޖެހޭނެ.”

ބީއެމްއެލްގެ އެމްޑީ/ސީއީއޯ މުހައްމަދު ޝަރީފް މިއަދު ވިދާޅުވީ އެ ބޭންކުންނ ހައުސިން މަޝްރޫއު ހިންގަން ސަބްސިޑަރީ ކުންފުންނެއް އުފެއްދީ ހައުސިން ޔުނިޓްތައް އެޅުމަށް ފަހު އެ ޔުނިޓްތައް ލީޒްޑް އޯންޑް މޮޑެލް އަށް ކުއްޔަށް ދިނުން ކަމަށެވެ.

“މިއީ ލޯނެއް ނޫން. ލީޒްޑް އޯންޑް މޮޑެލްއެއްގައި ކުއްޔަށް މި ނަގަނީ. އެއަކަށް އިކުއިޓީއެއް ބޭނުމެއް ނުވޭ ދެއްތޯ. އިނީޝަލް އިންވެސްތްމަންޓެއް ބެނުމެއް ނުވޭ،” އޭނަ ވިދާޅުވި އެވެ. “ހަމަ ވަގުތުން ޝަރުތު ހަމަވާ ބަޔަކަށް މިއަށް ވަދެގެން މިދަނީ. ހޯމް އޯންޑް މޮޑެލްއަކަށް.”

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.