ޕީއެންސީގެ ޖަލްސާއަށް އޭދަފުށިން ގިނަ ބަޔަކު މާލެއަށް

ސަރުކާރު ހިންގާ ޕާޓީ ކަމަށްވާ ޕީއެންސީން މާލޭގައި މިރޭ ބާއްވާ ބޮޑު ޖަލްސާއަށް އޭދަފުށިން ގިނަ ބަޔަކު މާލެ ފުރައިފި އެވެ.

އެ ޖަލްސާގައި ބައިވެރިވުމަށް އޭދަފުށިން މިއަދު ހެނދުނާއި މެންދުރުފަހު ލޯންޗު ތަކުގައި ގިނަ ބަޔަކު ވަނީ މާލެ ފުރައިފަ އެވެ.

މިރޭ އާޓިފިޝަލް ބީޗް ސަރަޙައްދުގައި އޮންނަ ޖަލްސާއަކީ މި ފަހުން ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބައިބޯ ޖަލްސާއަށް ވާނެ ކަމަށް ބެލެވެ އެވެ. މި ޖަލްސާގެ ފޯރިގަދަވެ “މަވެސް ދާނަން” ނަމުގައި ޕާޓީގެ އިސް ބޭފުޅުންނާއި ސަޕޯޓަރުންނާއި އެކްޓިވިސްޓުން ގެންދަނީ ބޮޑު ކެމްޕެއިނެއް ވެސް ހިންގަމުންނެވެ.

ޕީއެންސީން ވަނީ ސަޕޯޓަރުންނަށް މަރުހަބާ ކިޔުމަށް ފުރިހަމަ އިންތިޒާމުތަކެއް ކޮށްފަ އެވެ. އެގޮތުން “މަރުހަބާ ޓީމް” ނަމުގައި ބޮޑު ޓީމެއް އެކުލަވާލާފައިވެ އެވެ. އެ ޓީމުން ގެންދަނީ ޖަލްސާއަށް އަންނަ މީހުންނަށް މަރުހަބާ ކިޔަމުންނެވެ.

“ދިވެހީން ރާއްޖެ” ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި ކޮންގްރެސް ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި މި ޖަލްސާގައި ދިވެހިރައްޔިތުންނާ މުޚާތަބު ކުރައްވާ އެމަނިކުފާނު ވާހަކަފުޅު ދައްކަވާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.