ބީއެމްއެލް އިން ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލް ބަލަން ދެ މީހުންނަށް ފުރުސަތު

އޭދަފުށި ޓައިމްސްޚަބަރު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާސްޓަރކާޑާ ގުޅިގެން ޔުއެފާ ޗެމްޕިއަންސް ލީގު މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެ ބޭންކުން ބުނީ އަންނަ އަހަރު ޕެރިހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫއެފާ ޗެންޕިއަންސް ލީގުގެ ފައިނަލް މެޗް ބެލުމުގެ ފުރުސަތު މި ޕްރޮމޯޝަންގެ ދަށުން ހުރިހާ ހަރަދަކާ އެކު ދެ މީހަކަށް ލިބޭނެ ކަމަށެވެ.

މި ޕްރޮމޯޝަންގައި ބީއެމްއެލް އީއެންވީ ޕީއޯއެސް އަދި ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ބީއެމްއެލް މާސްޓަރކާޑުގެ ޕާސަނަލް ކާޑުތަކުން ކުރާ ޓްރާންސެކްޝަންތައް ހިމެނޭނެ އެވެ.

މީގެ އިތުރުން ގްރޭންޑް ވިނަރގެ ގޮތުގައި ހޮވޭ ފަރާތަކަށް ހުރިހާ ހަރަދަކާއެކު ޕެރިހަށް ހަތަރު ދުވަހުގެ ދަތުރެއް ލިބޭނެއެވެ. އަދި އިތުރު ބައިވެރިއަކާއެކު މާލެ/ޕެރިސް ދެކޮޅު ޓިކެޓާއި ލަގްޒަރީ ހޮޓެލްއެއްގައި ހުރުމުގެ ފުރުސަތުގެ އިތުރުން ގައިޑެޑް ޓުއަރ އެއް ލިބޭނެއެވެ.

ދެވަނައަށް ހޮވޭ ނަސީބުވެރިއަކަށް ހުރިހާ ހަރަދަކާއެކު ޕެރިހަށް 3 ދުވަހުގެ ދަތުރެއް ލިބޭނެއެވެ. އަދި އިތުރު ބައިވެރިއަކާއެކު މާލެ/ޕެރިސް ދެކޮޅު ޓިކެޓާއި ލަގްޒަރީ ހޮޓެލްއެއްގައި ހުރުމުގެ ފުރުސަތު ލިބޭނެއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

މާސްޓަރކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރ އެވެ.

ބީއެމްއެލް އަކީ ރާއްޖޭގައި މާސްޓަރކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. އެގޮތުން ބީއެމްއެލްއިން މާސްޓަރކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރެއެވެ. އަދި މާސްޓަރކާޑާ ގުޅިގެން މިފަދަ ޕްރޮމޯޝަންތަކުން ކަސްޓަމަރުންނަށް އަގުހުރި ތަޖުރިބާތައް ފޯރުކޮށްދެއެވެ.

އިތުރު މައުލޫމާތު:  https://www.bankofmaldives.com.mv/win-with-mastercard

ކޮމެންޓްސް (0)

ލޯޑް ކުރަނީ...