ސޯސަން ފިހާރައިގެ 40 އަހަރުގެ ކާމިޔާބީ ފާހަގަަކޮށް، އާ ލޯގޯ ދައްކާލައިފި

ދިވެހިންގެ މެދުގައި އަދި ދިވެހި ވިޔަފާރިވެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ސޯސަން ފިހާރައިގެ 40 އަހަރުވީ ކާމިޔާބީ ފާހަގަކޮށް، އެ ކުންފުނީގެ އާ ލޯގޯ ރޭ ދައްކާލައިފި އެވެ.

ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ލޯގޯ އިފްތިތާހްކޮށްދެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަހީދާއި، ޑިރެކްޓަރުން ކަމަށްވާ އަބްދުލް ހަމީދާއި، މުހައްމަދު ވަހީދު (ލާމް) އަދި އަބްދުލް ހަމީދު މުހައްމަދެވެ.

ސޯސަން ފިހާރައަކީ މީގެ 40 އަހަރު ކުރިން، 1989 ވަނަ އަހަރު އާދައިގެ ކުޑަ ފިހާރައެއްގެ ގޮތުގައި، އޭދަފުއްޓަށް ނިސްބަތްވާ ހަތަރު ޕާޓްނަރުން ވެގެން ހުޅުވި ތަނެކެވެ. އަމިއްލައަށް ބާޒާރުން ތަކެތި ގަނެގެން ވިއްކަން ފެށި އެ ފިހާރަ މިއަދު މިވަނީ ރާއްޖޭގެ ވިޔަފާރީގެ ތެރޭގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ތަނަކަށްވެފަ އެވެ. ފެންވަރު ރަނގަޅު ބްރޭންޑްތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމުގައި 40 އަހަރުވީ ސޯސަން ފިހާރައަކީ ރާއްޖޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގައި އެންމެ އިތުބާރު ހިފޭ އެއް ނަމެވެ.

މިގޮތުން އެ ކުންފުނީގެ ހޯލް ސޭލް އަދި ރީޓެއިލް ވިޔަފާރީގައި ރާއްޖޭގައި މަގުބޫލުކަން ހޯދަމުން އަންނަ ބްރޭންޑްތަކާއި، ދުނިޔޭގައި މަގުބޫލުކަން ހޯދާފައިވާ އާ އެތައް އުފެއްދުންތަކެއް އޮތަރައިޒްޑް ޑިސްޓްރިބިއުޓާގެ ގޮތުގައި ރާއްޖެއަށް ވަނީ ނެރެފަ އެވެ.

އޭގެ ތެރޭގައި ޕަސްކުއަލް، ޝާން، ޕިލްސްބަރީ، ޕްރޮމިނާ އަދި ގުޑް ނައިޓް ފަދަ ބްރޭންޑުތައް ހިމެނެ އެވެ. ސޯސަންގެ އައުޓްލެޓްތައް މާލެއާއި ހުޅުމާލޭގައި ވެސް ހިންގަމުން އަންނައިރު، މާލޭގައި ދިރިއުޅޭ ފަރާތްތަކުގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށަށް ވެސް އެ ކުންފުނިން ދަނީ ހޯލްސޭލްކޮށް ޕްރޮޑަކްތްތައް ފޯރުކޮށްދެމުންނެވެ.

ރޭގެ ރަސްމިއްޔާތުގައި ސޯސަން ކުންފުންޏަށް 10 އަހަރާއި، 15 އަހަރާއި އަދިވެސް އެއަށްވުރެން ގިނަ އަހަރު ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފައިވެ އެވެ. އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު މިހާރު 90 އަށް އަރަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.