އާކުގެ އާ ވާހަކަފޮތް ހުކުރުދުވަހު އޭދަފުށީގައި ލޯންޗުކުރަނީ

އާކް އިން ނެރުނު ފޮތާއި ގުޅޭ ޕޯސްޓަރެއް / މިއީ އާކްގެ ހީލް ކެމްޕެއިންގެ ދަށުން ނެރުނު 3 ވަނަ ފޮތް

ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރަން އުފައްދާފައިވާ ޖަމިއްޔާ، އާކުގެ ހީލް ކެމްޕެއިންގެ ތިންވަނަ ވާހަކަފޮތް އަންނަ ހުކުރުދުވަހު އޭދަފުށީގައި ލޯންޗުކުރުމަށް ނިންމައިފި އެވެ.

“ދަ ގްރޭންޑް ޕްލޭން އޮފް ދަ ގަންޖް ގްލޫޕް ގްރޫޕް” ގެ ނަމުގައި ނެރޭ މިފޮތް އޭދަފުށީގައި ނެރުމުގެ ހަފްލާ އޮންނާނީ ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތަކާ އެކު އަންނަ ހުކުރު ދުވަހު ހަވީރު އަތޮޅު ތައުލީމީ މަރުކަޒުގަ އެވެ.

ކުޑަކުދިން ފައިދާހުރި ކާނާ ކެއުމަށާއި ހަރަކާތްތެރިވެ އުޅުމަށް ބާރުއަޅާ އާކްގެ ހީލް ކެމްޕެއިންގެ އެއް މެސެޖު ކަމުގައިވާ “ޑަންކް ދަ ޖަންކް” އަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ މި ފޮތަކީ މި ކެމްޕެއިން އިން ނެރޭ ތިން ވަނަ ފޮތެވެ. މިފޮތް ރާއްޖޭގައި ރަސްމީކޮށް ނެރުނީ މިމަހު 14 ގައި މާލޭގަ އެވެ.

ހީލް ކެމްޕެއިންގެ ވާހަކަފޮތްތަކުގައި އުޅޭ “ކެރެކްޓާސް” ތަކަކީ ފައިދާހުރި ކާނާ އާއި ބުއިންތައް އަދި ޞިއްޙަތަށް ގެއްލުންހުރި ކާނާއާއި ބުއިންތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ “ކެރެކްޓާސް” ތަކެވެ. މިވާހަކަތައް މެދުވެރިކޮށް ކުޑަކުދިންނަށް ހީލް ކެމްޕެއިންގެ މެސެޖުތައް ދަސްވުމަށް ބާރުއަޅައެވެ.

އާކްގެ ހީލް ކެމްޕެއިން ފަށާފައިވަނީ ދެހާސް އެގާރަވަނަ އަހަރުއެވެ. މީގެ ކުރިން އާކުން ނެރުނު ދެ ފޮތަށް ވަނީ ޔޫރަޕްގެ ގޯމަންޑް އެވޯޑްސް ލިބިފައެވެ. އަދި 2015 ވަނަ އަހަރު ގޯމާންޑް ވޯލްޑް އެވޯޑްސްއިން ހޮވި ދުނިޔޭގެ އެންމެ މޮޅު ހަ ފޮތުގެ ތެރޭގައި އާކްގެ ފޮތް ވަނީ ހިމެނިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.