ސޫޕް އާއި އެކްސްކާޝަން އަދި ބީއެސްކޭ މޮޅުވެއްޖެ

އޭދަފުށި ޓައިމްސްކުޅިވަރު
ތްރީ އޮން ތްރީ ކަޕްގައި ރޭ ކުޅޭނީ -- ފޮޓޯ - ދަ ބިގިނާސް
ތްރީ އޮން ތްރީ ކަޕްގައި ރޭ ކުޅެނީ — ފޮޓޯ – ދަ ބިގިނާސް

 

ކްލަބް ދަ ބިގިނާސް އިން އޭދަފުށީ ޒުވާނުންނަށް ހުޅުވާލައިގެން ބާއްވާ އެޓޯލް ކިއުޓް ތްރީ އޮން ތްރީ ސޮކާ ޓޯނަމެންޓް ގައި ރޭ އެފްސީ ސޫޕް އާއި ދި އެކްސްކާޝަން އަދި ކްލަބް ބީއެސްކޭ މޮޅުވެއްޖެ އެވެ.

ގްރޫޕް ޑީ ގައި އެފްސީ ސޫޕް ވަނީ ފުރަތަމަ މެޗުގައި ދި އައިލެންޑް ޝާކް އަތުން 2-0 އިން މޮޅުވެ އެވެ.

 ގްރޫޕް އޭ ގެ ދެވަނަ މެޗުގައ ދި އެކްސްކާޝަން ވަނީ ރިއަލް ފްރެންޑްސްއާ ކުޅެ 1-0 އިން މޮޅުވެފަ އެވެ. ރޭ ކުޅުނު ފަހު މެޗުގައި ގްރޫޕް ބީ ގެ ކްލަބް ބީއެސްކޭ ވަނީ ރޭ ޑޮލާރ އެފްސީ އަތުން 3-1 އިން މޮޅުވެފައެވެ.

މުބާރާތުގައި މިރޭ ވެސް ތިން މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި އެމިގޯ އާއި އޯއެމްއޯ ސްޕެޝަލް ބައްދަލުކުރާއިރު އެފްސީ ހަބޭސް އާ ދެކޮޅަށް ނުކުންނާނީ އެޗްއޭ ސްޕޯޓްސް އެވެ. މިރޭގެ ފަހު މެޗުގައި ކުޅޭނީ ގްރޫޕް އޭ ގެ ފުރަތަމަ މެޗުން މޮޅުވި ފެއިމްސް ޔުނައިޓެޑް އާއި އެ ގްރޫޕްގެ ދެވަނަ މެޗުން މޮޅުވި ދި އެކްސްކާޝަން އެވެ.

 

ކޮމެންޓްސް (0)

ލޯޑް ކުރަނީ...