މިފަހަރުގެ ގައުމީ ޓީމުގެ ސްކޮޑުގައި އޭދަފުށީގެ ތިން ކުޅުންތެރިން

އޭދަފުއްޓަށް އުފަން ޒުވާން ރެފްރީ އަޙުމަދު ރަމީޒާ އެކު މިފަހަރު ގައުމީ ޓީމުގައި ހިމެނޭ އޭދަފުށީގެ ތިން ކުޅުންތެރިން. ފޮޓޯ: ރަމީޒު ފޭސްބުކް
އޭދަފުއްޓަށް އުފަން ޒުވާން ރެފްރީ އަޙުމަދު ރަމީޒާ އެކު މިފަހަރު ގައުމީ ޓީމުގައި ހިމެނޭ އޭދަފުށީގެ ތިން ކުޅުންތެރިން. ފޮޓޯ: ރަމީޒު ފޭސްބުކް

 

 

 

 

 

 

 

 

 

 

މިއަހަރު ބާއްވާ ސާފު ޗެމްޕިއަންޝިޕުގައި ވާދަކުރާ ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގައި ބ. އޭދަފުއްޓަށް އުފަން ތިން ކުޅުންތެރިން ހިމަނައިފި އެވެ.

ގައުމީ ޓީމުގައި ހިމެނުނު ތިން ކުޅުންތެރިންނަކީ ތަޖުރިބާކާރު ޑިފެންޑަރ މުޙައްމަދު ޝިފާން (ކުޑައްޓޭ) އާއި މުޙައްމަދު ޝާފީ (ޝާފީ) އަދި އަރަމުން އަންނަ ޒުވާން ފޯވާޑު ޢަލީ ފާސިރު (ސެންޓޭ) އެވެ.

މި މަހުގެ 31ގައި ފަށާ ސާފު ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން އިއްޔެ ވަނީ ދިރާގު ދިވެހި ލީގުގައި ކުޅޭ ބިދޭސީ ކުޅުންތެރިންނާ ދެކޮޅަށް ރަޙްމަތްތެރިކަމުގެ މެޗެއް ކުޅެފައެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 ން ދެޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓް އައުޓުގައި 8-7 ން ކުރި ހޯދައިގެން މެޗު ކާމިޔާބު ކުރީ ދިވެހި ގައުމީ ޓީމެވެ. މެޗުގެ 23 ވަނަ މިނެޓުގައި ބިދޭސީ ކުޅުންތެރިންގެ ޓީމުން ލީޑު ނެގީ އޯލް ޔޫތް ލިންކޭޖް (އޭވައިއެލް)ގެ ފޯވާޑް އަބޫ ޑެސްމޮން މަންސާރޭ އެވެ. އެހެން ނަމަވެސް ރާއްޖޭގެ ގައުމީ ޓީމަށް މެޗުގެ ނަތީޖާ އެއްވަރު ކޮއްދިނީ ކެޕްޓަން ޢަލީ އަޝްފާގު (ދަގަނޑޭ) ތަނަވަސް ކޮއްދިން ފުރުސަތަކުން އޭދަފުއްޓަށް އުފަން ހުނަރުވެރި ޒުވާން ފޯވާޑް ޢަލީ ފާސިރު (ސެންޓޭ) އެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ދިވެހި ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށްވެސް ކޯޗު އިސްތަވާން އުރުބާނީ ވަނީ ކުޅުމުގެ ފުރުސަތު ދީފައެވެ.

އޭދަފުއްޓަކީ އެއްރަށަކުން އެންމެ ގިނަ ކުޅުންތެރިން ދިވެހި ގައުމީ ޓީމުގައި ހިމެނޭ ރަށެވެ. އަދި ޒުވާން ހުނަރުވެރި އެތައް ކުޅުންތެރިންނެއް އުފައްދާފައިވާ އަދި އުފައްދަމުން އަންނަ ރަށެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.