އިތުރު ތަމްރީން ހޯދުމަށް ގައުމީ ޓީމު ތައިލެންޑަށް ފުރައިފި

މުހައްމަދު އަފްރާހްކުޅިވަރު
ގައުމީ ޓީމު ފުރުމުގެ ކުރިން ކެޕްޓަން ޢަލީ އަޝްފާގު (ދަގަނޑޭ) އާއި އެފްއޭއެމްގެ ރައީސް އިލްހާމް އަޙުމަދު(ވ) އަދި ނާއިބު ރައީސް ޢަބްދުލް ޙަމީދު މުޙްސިން (ޖޭފޯ)
ގައުމީ ޓީމު ފުރުމުގެ ކުރިން ކެޕްޓަން ޢަލީ އަޝްފާގު (ދަގަނޑޭ) އާއި އެފްއޭއެމްގެ ރައީސް އިލްހާމް އަޙުމަދު(ވ) އަދި ނާއިބު ރައީސް ޢަބްދުލް ޙަމީދު މުޙްސިން (ޖޭފޯ )ފޮޓޯ: ހަވީރު ނިއުސް

މި މަހުގެ އެއްތިރީހުގައި ފަށާ ސާފު ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން އިތުރު ތަމްރީން ހޯދުމަށް ދިވެހި ގައުމީ ފުޓްބޯޅަ ޓީމު މިއަދު ތައިލެންޑަށް ފުރައިފި އެވެ.

މި ދަތުރުގައި ތައިލެންޑްގެ 19 އަހަރުން ދަށުގެ ޓީމާއި އެގައުމުގެ ކުލަބެއް ކަމުގައިވާ އޮސޮޓްސްޕާ އާ ދެކޮޅަށް އެކުވެރިކަމުގެ ދެމެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ތިންވަނަ މެޗެއްވެސް ހަމަޖެއްސޭތޯ ބަލަމުން އަންނަ ކަމަށް އެފްއޭއެމްގެ ޑައިރެކްޓަރ އޮފް ނެޝަނަލް ޓީމު ޢަލީ ސުޒައިން ވިދާޅުވި އެވެ.

ދިވެހި ޓީމުގެ ކޯޗު އިސްތަވާން އުރުބާނީ ބުނީ ޓީމުގައި ރަނގަޅު ކުރަންޖެހޭ ކަންތައް އެބަހުރި ކަމަށާއި މިދަތުރުގެ ސަބަބުން އެކަންތައް ރަނގަޅުވާނެ ކަމަށް އުއްމީދު ކުރާކަމަށެވެ.

ތައިލެންޑަށް ދިޔަ ޓީމުގައި 25 ކުޅުންތެރިން ހިމެނުނު ކަމުގައިވިޔަސް މި ދަތުރުގައި ދިޔައީ 24 ކުޅުންތެރިން އެވެ. އެއީ ކުލަބު ވެލެންސިއާގެ ގޯލްކީޕަރ މުހައްމަދު ފައިސަލް އަމިއްލަ ސަބަބަކާ ހުރެ ސްކޮޑުން ވަކިވުމުން ނެވެ.

ސާފު ޗެމްޕިއަންޝިޕްގައި މިފަހަރު ރާއްޖެ ހިމެނޭ ގްރޫޕް ބީގައި ދެން ހިމެނެނީ އަފްޣާނިސްތާނާއި ބޫޓާންގެ އިތުރުން ސްރީލަންކާ އެވެ.

 

ކޮމެންޓްސް (0)

ލޯޑް ކުރަނީ...