ޖޯއީގެ ހަނދާނުގައި ފުޓްސަލް މުބާރާތެއް ބާއްވަނީ

އޭދަފުށި ޓައިމްސްކުޅިވަރު

Untitled-2

ބ. އޭދަފުށީ ކްލަބް ދަ ބިގިނާސްއިން އިންތިޒާމުކޮށްގެން އޭދަފުށީ ޒުވާނުންނަށާއި، ދައުވަތުދެވޭ ވަކި ޓީމުތަކަކަށް ހުޅުވާލައިގެން އަލްމަރުހޫމް އަހްމަދު ޝާހީންގެ ހަނދާނުގައި ފުޓްސަލް މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

އެ ކްލަބުން ބުނިގޮތުގައި ފުޓްސަލް މުބާރާތް މި އަންނަ މަހު ބާއްވާގޮތަށް ކުރިން ނިންމާފައި ވީނަމަވެސް ރިޔާސީ އިންތިހާބާއި ދިމާކޮށް މުބާރާތް ބާއްވަން މިހާރު ނުފެންނާތީވެ މުބާރާތް އަންނަ އަހަރު ކުރީކޮޅު ބާއްވާގޮތަށް ވަނީ ފަސްކޮށްފައެވެ.

މި މުބާރާތަކީ އޭދަފުށީ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖްތިމާޢީ ރޫޙާއި ކުޅިވަރުގެ ރޫޙް އާލާ ކުރުމުގެ ގޮތުންނާއި އޭދަފުށީގައި ފުޓްސަލް ކުރިއެރުވުމާއި މުބާރާތްތަކުގައި ވާދަ ކުރުމުގެ ފުރުސަތު ލިބިފައިނުވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދިނުމުގެ މަޤްސަދުގައި ބާއްވާ މުބާރާތެކެވެ.

ބ. އޭދަފުށީ ހަލީމާމަންޒިލް، ޢަލްމަރުހޫމް އަހްމަދު ޝާހީން (ޖޯއީ)، 31، ނިޔާވީ 23 އޮކްޓޯބަރ 2012 ވަނަ ދުވަހު އަޟްހާ އީދުގައި އޭދަފުށީގައި އޮންނަ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޝާހީން ކުޅޭ ޓީމް (ސައިނޯސާ) އެ ދުވަހު ހަވީރު ޕްރެކްޓިސް ކުރަމުން ދަނިކޮށް 6:15 ހާއިރު ދަނޑު މަތީގައި މަޑުކޮށްގެން ހުއްޓަ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޭނާ އޮތީ މަރުވެފައި ކަމަށާއި މަރުވީ ހާޓް އެޓޭކެއް ޖެހިގެންކަމަށް ޑޮކްޓަރުން ބުންޏެވެ.

ޢަލްމަރުހޫމް އަހްމަދު ޝާހީން (ޖޯއީ)، އަކީ ކުރިން ކްލަބް އީގަލްސް އަށާއި، އޭނާގެ އަންހެނުން ރަށް ކ. ހުރާގެ ހުއްރިޔާ ސްޕޯޓްސް ކްލަބަށްވެސް މޮޅު ކުޅުމެއް ދައްކާދީފައިވާ ކުޅުންތެރިއެކެވެ. އޭނާ އަކީ ފޯ ސީޒަންސް ކުޑަ ހުރާ ރިސޯޓްގައި ހައުސްކީޕިން ސުޕަވައިޒަރެއްގެ ވަޒީފާ އަދާކުރަމުން ދިޔަ ހީވާގި މުވައްޒިފެކެވެ. އަދި ޝާހީން މަރުވި އިރު އަންބަކާއި ދެ އަހަރު ބައިގެ ފިރިހެން ކުއްޖަކުވެސް މި ދުނިޔޭގަ އެބަ ހުއްޓެވެ.

މި މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. އިތުރު މައުލޫމާތު ހޯއްދެއްވުމަށްޓަކައި 7789988 ފޯނާ ގުޅުއްވުމަށް އެ ކުލަބުން އެދެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...