ޗެމްޕިއަން ޓީމަށް ސައިކަލެއް ލިބޭ ފުޓްސަލް މުބާރާތެއް

އެމްޑީޕީން ޗެމްޕިއަން ޓީމަށް އިނާމެއްގެ ގޮތުގައި ސައިކަލެއް ހުށަހަޅާފައިވާ ފުޓްސަލް މުބާރާތެއް އޭދަފުށީ ބާއްވަން ނިންމައިފި އެވެ.
މި ހަފްތާ ބަންދުތެރޭ “އެއްބުރުން ފުޓްސަލް ކަޕް” ގެ ނަމުގައި ބާއްވާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. މުބާރާތުގައި ބައިވެރިވުމަށް އެއްވެސް ޗަންދާއެއް ދައްކާކަށް ނުޖެހެ އެވެ.
އެމްޑީޕީން ބުނިގޮތުގައި އޭދަފުށީ ޒުވާނުންނަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ބައިވެރިވުމަށްއެދޭ ޓީމުތަކުން މާދަމާރޭ 10:00ގެ ކުރިން ޓީމު ލިސްޓް ހުށަހަޅަން ޖެހެއެވެ. ޓީމު ލިސްޓް ހުށަހެޅުމަށާއި މުބާރާތާބެހޭ އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވާނީ 9661111 އަދި 9999828 ނަންބަރު ފޯނާ އެވެ.
އެމްޑީޕީން މުބާރާތުގެ ޗެމްޕިއަން ޓީމަށް ބައިލައްކައެހާ ރުފިޔާގެ އަޕާޗީ ސައިކަލެއް ވަނީ ހުށަހަޅާފަ އެވެ.
މިއީ މިހާތަނަށް މިހާ ބޮޑު އިނާމެއް ހުށަހަޅައިގެން އޭދަފުށީގައި ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތްކަން ފާހަގަކޮށްލެވެ އެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...