އެމްޑީޕީގެ ކެމްޕޭން ބިލްބޯޑުތަކަށް ގެއްލުންދީފި!

އެމްޑީޕީގެ ބިލްބޯޑަކަށް ރޭ ބަޔަކު ގެއްލުންދީފައި - އީޓީ ފޮޓޯ: އިބްރާހިމް ޝިޔާމް
އެމްޑީޕީގެ ބިލްބޯޑަކަށް ރޭ ބަޔަކު ގެއްލުންދީފައި – އީޓީ ފޮޓޯ: އިބްރާހިމް ޝިޔާމް

 

ބ. އޭދަފުށީގައި ބަހައްޓާފައިހުރި އެމްޑީޕީގެ ކެމްޕޭން ބިލް ބޯޑުތަކަށް ގެއްލުން ދީފި އެވެ.

އެގޮތުން ރޭ ދަންވަރުގެ ވަގުތެއްގައިވަނީ މި ރަށުގެ އެކި ސަރަހައްދުތަކުގައި އެމްޑީޕީން ބަހައްޓާފައިހުރި ކެމްޕޭން ބިލް ބޯޑުތަކަށް ކަޅު ސްޕްރޭ ޖަހައި ގެއްލުންދީފަ އެވެ.

އަންނަ ރިޔާސީ އިންތިހާބާ ދިމާކޮށް އޭދަފުށީގެ އެކި ސަރަހައްދުތަކުގައި ޖަގަހަތައް ހުޅުވައިގެން ރަށުގެ އެކިއެކި ސަރަހައްދުތަކުގައި ކެމްޕެއިން ބެނާތަކާއި، ދިދަފަތިތައް ދަމައި ފޯރީގައި ކެމްޕެއިން ހަރަކާތައް އިތުރުކޮށްފައިވާ އިރު، އެމްޑީޕީގެ ކެމްޕޭން ބިލްބޯޑުތަކަށް މީގެ ކުރިން ގެއްލުން ދީފައިވެ އެވެ.

އެގޮތުން ދާދި ފަހުން އެ ޕާޓީން މިރަށު ބޮޑު މަގުގައި ބެހެއްޓި “ނެތޭ ވެވޭކަށް ބާޣީއަކަށް” ބޮޑު ބިލް ބޯޑަށްވެސް ބަޔަކު ދަވާދު ޖެހުމަށް ފަހު ގެއްލުން ދީފައިވާ އިރު،  އެމްޑީޕީއަށް ސަޕޯޓްކުރާ މީހުން އާއްމުކޮށް ގޮސްއުޅޭ އުތުރުފަރާތު ހޮޅުއަށްޓަށްވެސް މީގެ ކުރިން  ވަނީ ކަޅު ތެޔޮ ޖަހައި ގެއްލުންދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

7 ކޮމެންޓް

  1. Ali

    ހަމަ އެއްބުރުން ފެއިލް! އޭދަފުށީގަ ތިބި ރަށުންބޭރު ހަކެނަ އޭދަފުށި ހަލާކު ކުރާތަން ބަލާކަށް ނުތިބޭނަން، ގޮއިދޫ އޮތް ހާލަތަށް މިރަށް ގެންދާކަށް ފުރުސަތެއް ނުދޭނަން. އަބްދޯޝާހިދަށް ބައްޕަ ކިޔަސް ތިޔައީ ބޮޑުވަރު! ގެޓް ލޮސްޓް ލޫޒާރސް.

    ރައްދު
  2. nasheet

    ތީ އެމްޑީޕީ މީހުން އެހެން ޕާޓީ ތަކުގެ މީހުންގެ ބޮލުގަ އަޅުވަން ކުރާ ކަމެއް. ނުބުނެވޭނެ މީ ދޮގެކޭ. އެއީ އެބުނާ ފަސްކުޅި ކުރިއަށް ކުޅޭ ގޮތަކީ.

    ރައްދު
  3. abulho

    ިނުވާނެޔޭ ހަޖަމެއް…….އަޅެ ޢަހަރުމެން އެބަ އެމީހުންގެ އެއްޗެއް ހަލާކޮށް ، އަދި ބަދަލު ހިފުމުގެ ރޫހެއް ވެސް ގެން ގުޅޭތަ….؟ ބަލާތި، އިންޝާ ﷲ ހަމަ އެއް ބުރުން….. ؛)

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.