ގައުމީ ޓީމު ތައިލެންޑުގައި ކުޅުނު ދެވަނަ މެޗުން ބަލިވެއްޖެ

ގައުމީ ޓީމު ފުރުމުގެ ކުރިން ކެޕްޓަން ޢަލީ އަޝްފާގު (ދަގަނޑޭ) އާއި އެފްއޭއެމްގެ ރައީސް އިލްހާމް އަޙުމަދު(ވ) އަދި ނާއިބު ރައީސް ޢަބްދުލް ޙަމީދު މުޙްސިން (ޖޭފޯ)
ގައުމީ ޓީމު ފުރުމުގެ ކުރިން ކެޕްޓަން ޢަލީ އަޝްފާގު (ދަގަނޑޭ) އާއި އެފްއޭއެމްގެ ރައީސް އިލްހާމް އަޙުމަދު(ވ) އަދި ނާއިބު ރައީސް ޢަބްދުލް ޙަމީދު މުޙްސިން (ޖޭފޯ)

 

ސާފު ޗެމްޕިއަންޝިޕަށް ތައްޔާރުވަމުން އަންނަ ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ތައިލެންޑްގައި ކުޅުނު ރަޙްމަތްތެރިކަމުގެ ދެވަނަ މެޗުން ބަލިވެއްޖެ އެވެ.

ބެންކޮކްގެ އެސްސީޖީ ސަމުޓްސޮންގްރަމް ސްޓޭޑިއަމްގައި ކުޅުނު މިމެޗުން ރާއްޖެ ބަލިވީ ތިން ލަނޑު ދެ ލަނޑުން. ރާއްޖެ ޓީމުގެ ދެ ލަނޑު ޖަހައިދިނީ ހަސަން އަދުހަމް (ސަޑޭ) އާއި އަސަދުﷲ ޢަބްދުﷲ އެވެ.

މި މެޗުގެ ފުރަތަމަ އެގާރައިގާ ގިނައިން ހިމަނާފައިވަނީ ޒުވާން ކުޅުންތެރިންކަން ފާހަގަ ކޮއްލަންޖެހެ އެވެ.

ތައިލެންޑްގައި ކުރިއަށްދާ ތަމްރީންތައް ނިންމާލުމަށް ފަހު ޓީމު މާލެ އަންނާނީ މާދަމާ އެވެ. އަދި ސާފު ޗެމްޕިއަންޝިޕުގައި ވާދަ ކުރުމަށް ނޭޕާލަށް ފުރާނީ މިމަހުގެ އަށާވީސް ވަނަ ދުވަހު އެވެ.

މި އޯގަސްޓް މަހު ފަށާ ސާފު ޗެމްޕިއަންޝިޕުގައި ރާއްޖެ ފުރަތަމަ ކުޅެންޖެހޭނީ އަވަށްޓެރި ސްރީލަންކާ އާ ދެކޮޅަށެވެ. ދެވަނަ މެޗުގައި ބޫޓާނާ ދެކޮޅަށް ނުކުންނަ އިރު، ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި ވާދަ ކުރާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.