ޗެލެންޖު ކަޕް ބާއްވާ ތާރީޚަށް ބަދަލު ގެނެސްފި

2008ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖު ކަޕުގެ ތެރއިން. ފޮޓޯ: ހަވީރު ނިއުސް
2008ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖު ކަޕުގެ ތެރއިން. ފޮޓޯ: ހަވީރު ނިއުސް

 

އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ޗެލެންޖު ކަޕް ބާއްވާ ތާރީޚު ފަސްކުރަން އޭއެފްސީން ނިންމައިފި ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފި އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޑައިރެކްޓަރ އޮފް ނެޝަނަލް ޓީމް ޢަލީ ސުޒޭން ވިދާޅުވީ މުބާރާތް ބާއްވާނެ ސީދާ ތާރީޚެއް އަދި ނުލިބުނު ނަމަވެސް ފަސްކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ބެލޭގޮތުގައި މުބާރާތް ދެން ބޭއްވޭނީ އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި ކަމަށެވެ.

” ހަމައެކަނި އަންގާފައިވަނީ ފަސް ކުރަން ނިންމިކަން. ވަކި ތާރީޚެއް އަދި ކަނޑައެއް ނާޅާ ” ސުޒޭން ވިދާޅުވި އެވެ.

މުބާރާތް ބާއްވާ ތާރީޚު ބަދަލުވުމަކުން ރާއްޖޭގެ ފުޓްބޯޅަ ސީޒަނަށް މާބޮޑު ބަދަލެއް ނާންނާނެ ކަމަށްވެސް ސުޒޭން ވިދާޅުވި އެވެ.

ޗެލެންޖު ކަޕު ކުޅެން ގަލޮޅުރަސްމީ ދަނޑާއި އައްޑު ސިޓީ ޒޯން ސްޓޭޑިއަމް ނިންމާފައިވާ އިރު، ރާއްޖެ ހިމެނޭ ގްރޫޕުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާލޭ ގަލޮޅު ރަސްމީ ދަނޑުގަ އެވެ. އަނެއް ގްރޫޕުގެ މެޗުތައް ބޭއްވުމަށް ނިންމާފައިވާނީ އައްޑޫ ސިޓީ ހިތަދޫ ޒޯން ސްޓޭޑިއަމްގަ އެވެ.

މި މުބާރާތުގައި ރާއްޖޭގެ އިތުރުން ކޮލިފައިވެފައިވަނީ އަފްޣާނިސްތާން، މިޔަންމާ، ފަލަސްތީން އަދި ލާއޮސް އާއި ކިރްގިސްތާންގެ އިތުރުން ޕިލިޕިންސާއި ތުރުކެމެނިސްތާނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.