
އެމްޑީޕީގެ ވެރިކަމެއްގައި އޭދަފުށީ ބިންހިއްކައި އަދި އިންޓަނޭޝަނަލު ފެންވަރުގެ ފުޓްބޯޅަ ދަނޑެއް އަޅައިދޭނެ ކަމަށް ރައީސް ނަޝީދު ވައުދުވެ ވަޑައިގެންފައިވީ ނަމަވެސް އެމަނިކުފާނަށް އެކަންތައްތައް ނުކޮށްދެވޭނެ ކަމަށާއި، އެކަންވާނީ ހަމައެކަނި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނުގެ ވެރިކަމެއްގައިކަމަށް ބ. އޭދަފުށީ ކައުންސިލުގެ މެންބަރު އަބްދުލް ވާހިދު ވިދާޅުވެއްޖެ އެވެ.
ރޭ ޕީޕީއެމުން އޭދަފުށީގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވާހިދު ވިދާޅުވީ އެމްޑީޕީން އޭދަފުށީގައި ބައިނަލް އަގްވާމީ ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ނުވަތަ ސްޓޭޑިއަމެއް އަޅައިދޭނަމޭ ބުނަމުން ގެންދަނީ ކޮންކަހަލަ މާނައެއްގައިކަން ނުވިސްނޭތީ އެކަމާ ހައިރާންވެ ވަޑައިގަންނަވާ ކަމަށެވެ.
ވާހިދު ވިދާޅުވީ ފުރަތަމަ އިންޓްނޭޝަނަލް ފެންވަރުގެ ފުޓްބޯޅަ ސްޓޭޑިއަމެއްގެ އަގަކީ މިލިއަން އޮފް ބިލިއަން ޑޮލާސް ގާތްގަޑަކަށް 45 ނުވަތަ 50 މިލިއަން ޑޮލަރު ކަމަށާއި ދިވެހި ދައުލަތުގެ އާމުދަނީގެ މުޅި ޖުމްލައަކީ 10 ނުވަތަ 12 ބިލިޔަން ދިވެހި ރުފިޔާ ކަމަށެވެ.
” ދެން ކިހިނެއްތޯ މި އޭދަފުށީގައި އިންޓަނޭޝަނަލް ފެންވަރުގެ ފުޓްބޯޅަ ސްޓޭޑިއަމެއް ތަރައްގީކޮށް އަޅާނީ. ނުކުރެވޭނެ އެކަމެއް” ފުޓްބޯޅައިގައި ފުރަތަމަ ފަހަރަށް ރާއްޖެއަށް ރިހިމެޑަލް ހޯދައިދިން ގައުމީ ޓީމުގައި ހިމެނުނު އޭދަފުއްޓަށް އުފަން ހަމައެކަނި ކުޅުންތެރިޔާ ވާހިދު ވިދާޅުވި އެވެ.
ވާހިދު ވިދާޅުވީ ރައީސް ނަޝީދަށް އޭދަފުށީގެ ބިންވެސް ނުހިއްކޭނެ ކަމަށާއި އެކަންވެސް ވާނީ ހަމައެކަނި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށާއި ރަނިންމޭޓް ޑރ ޖަމީލުގެ ވެރިކަމެއްގައި ކަމަށެވެ.
“ސަބަބަކީ 2011 ވަނަ އަހަރު މަޖިލީހުން ފާސްކުރިި ބަޖެޓް ގައި އޮންނާނެ އޭދަފުށީގައި 11 ހެކްޓަރުގެ ބިން ހިއްކުމަށް 23.4 މިލިޔަން ރުފިޔާ. ދެން ކީއްވެތޯ އެ އަހަރު ބަޖެޓްގައި ހިމެނިފައި އޮތްއިރު ނަޝީދުގެ ވެރިކަމުގައި މިރަށުގެ ބިން ނުހިއްކީ. އެހެންވީމަ އެ ވެސް ދައްކާ ނަނާ ހުވަފެނެއް. ނުވާނެ އެކަމެއް.” ވާހދު ވިދާޅުވި އެވެ.
ވާހިދު ވިދާޅުވީ އެމްޑީޕީން ދޮގާއި މަކަރާއި ހީލަތް ހަދައިގެން ވޯޓް ހޯދަން އުޅުމަކީ ކުޑަކުދިންގެ ސިކުނޑިތަކާ ކުޅެން އުޅުން ކަހަލަ ކަމެއް ކަމަށާއި އަދި އެކަމެއް ނުކުރެވޭނެ ކަމަށެވެ.
“އެ ދުވަސް މާޒީވެ ހިނގައްޖެ. އަޅުގަނޑު ރައީސް ނަޝީދަށް ދަންނަވާނީ “އެއްބުރުންނެއް ނޫނޭ ކަފަ ބުރުން” ވެސް ތިބޭފުޅާއަށް ރައީސްކަމަށް އިރާދަކުރެއްވިއްޔާ ނާދެވޭނެޔޭ” ވާހިދު ވިދާޅުވި އެވެ.
އަސްލު ހަގީގަތުގަ ވާހިދުގެ ވިސްނުން މި ހުންނަނީ ޕީ.ޕީ.އެމް އަށް ގޮސް ހުސްވެފަ. ތި ދެން ބޮޑުވަރު ދޯ. އެމީހަކު ބުނިކަމެއް ކުރާނެ ދޯ! އަންނި ބިން ހިއްކުމުގެ މަސްރޫއު ކުރިޔަށް ގެންދިޔައީ ވެސް އެއް ރަށަކަށް ފަހު އަނެއް ރަށެއް، އެއް ކަމެއް ނިމުނީމަ ދޯ އަނެއް ކަމެއް ފެށޭނީ ވެސް. ގާސިމް ވެސް އިންޓަނޭޝަނަލު ފެންވަރުގެ ފުޓްބޯޅަ ދަނޑެއް މާލޭގައި އަޅާނެ ކަމަށް ވަނީ ބުނެފަ! އޭނަގެ މެނިފެސްޓޯގަ ވެސް މިކަން އެބަ އޮއި ލިޔެފަ. އޭނަ އުޅެނީ “ވާލްޑް ބޭންކް” އިން 1މިލިޔަން ޑޮލަރުގެ ލޯނެއް ނަގައިގެން މިހާރުގެ ކެންޕޭނަށް ހަރަދު ކުރަމުން. ދެން ވާހިދު ވެސް ވިސްނަން ވެއްޖެ ދޯ!
ނަޝީދުގެ ވެރިކަމެއްގައި އޭދަފުށީ ބިންހިއްކައި ސްޓޭޑިއަމެއް އަޅިއިދޭނެ! މިއީ ޔަގީން ކަމެއް! އަދިވެސް އެއްފަހަރު ވާހިދު ވިސްނާލަބަލަ!
ބަލަ ވާހިދޫ ، ތިހުރީ ހަމަހޭގާތަ ؟ ހަޖަމް ކުރަން ދަސްކޮށްބަލަ . ބިން ހިއްކައި ސްޓޭޑިއަމްއެއް ހަދައިދޭނެ ކަމެއްނެތް. ބަލަ ވާހިދު ބުނީމެއްނުން ތިމަންނަ ކައުންސިލަރަކަށް މިއައީ ފުޓްބޯޅަ ތަރައްގީކުރާށޭ. ފުޓްސެލް ދަނޑެއް އަޅާ ފެންވަރު ރަގަޅު ފުޓްބޯޅަ ދަނޑެއް އަޅާނެ ކަމުގެ ވައުދާއެކު . 3 އަހަރު ނިމިދާއިރު ކުރެވުނުކަމެއް ނެތް….. އަމިއްލަޔަށް ފަޟީހަތްނުވުމަށް ގޮވާލަން .
ފުޓުބޯޅަ ދަނޑު އަޅަން ރައްޔިތުން އެއްކޮށް ވާހިދު ދެއްކި ވާހަކަ ހަނދާކޮއްބަލަ ވާހިދޫ!! ޒުވާނުންނާ ބައްދަލުކޮށް ދަނޑެއް އަޅާނެ ތަނަކާ ބެހޭގޮތުން އެ ވިސްނުމަކަށް ނުގެނެވުނު.. މުހުލަތެއް މިނިސްޓްރީން ދިނީމަ ހަމައެކަނި ރައްޔިތުން ގެ ހިޔާލު ހޯދަން މަސް ދުވަސް ނެގި… އެވަރު މީހެއްތީ…. އޭދަފުއްޓަށް ތަރައްޤީ ނާއްނާނެ ތިމީހުން ވެރިކަމުގަ ތިއްބާ… މީގަ މަޖާ ކަމަކީ އަލީޔަހުޔާ މެން ކަތީބު ކަމުގަ ތިބި އިރު އޭނަ އަށް ޖޯކު ޖެހިމީހުން ވެސް ވޯޓުލީ އޭނަޢަށް….. ޕޮލިޓިކަލް ސައިންސުން ޑިގްރީ ނަގާފަ ހުރި މީހަކު ކުރިމަތިލީމަ ނުހޮވާ،،، އުނބަކު ކުރިމަތިލިޔަސް ހޮވާނީ ޑީ.އާރ.ޕީ މީހުންނޭ ބުނެފަ ބުއި ބޮނޑި ތީ…. އޭދަފުށީ ރައްޔިތުންނަށް ހެޔޮ ވިސްނުން ދެއްވާށި،،،،،
ވާހިދު ނުބުނެ ޕީ.ޕީ.އެމް އިން ސްޓޭޑިއަމް އެއް އަޅައިދޭނެ ވާހަކަ އެއް. ބުނުއްވީ އެމް.ޑީ.ޕީ އަށް އެކަން ނުވާނެ ވާހަކަ. ސަބަބާއި ހެކި ވެސް ދެއްކެވި. އެހެން ނޫނަސް އެއީ ކިހިނެއް ކުރެވޭނެ ކަމެއް؟ ކޮބާ އެވަރުގެ ބިމެއް.؟ ފައިސާ ވެސް ހޯދޭނެ ގޮތެއް؟ އެއީ އަންނި އޭދަފުށި ރައްޔިތުން މޮޔަ ހެއްދީ. ކުރެވޭ ވަރުގެ ވާހަކަ ދައްކާ. ނުކޮށްދިނަސް އޭރުން ފަހަރެއްގަ ގަބޫލު ކޮއްފާނެ. އެވެސް އެމް.ޑީ.ޕީ.މީހުނ އެކަނި..
މިވާހިދު އަކީ ހާދަ ބޯ ގޯސް މީހެކޭ ދޯ ބޯ ހަލާކު. ބަލަގަ ނެތް ބަޖެޓަކުން ވަކި ޕީޕީ އަށް ކިހިނެއްތަ ސްޓޭޑިއަމެއް އަޅަނީ. ރުފިޔާ ޖަހައިގެންތަ؟ މިޒަމާނަކީ ހުރިހާކަމެން ބަޖެޓުން ކުރާ ޒަމާނެއް ނޫނޭ. ދެންވެސް އަމިންލައަށް ލަދު ގަނެބަލަ. އަވަހަށް އިސްތިއުފާ.
ކޮޔާ އަންނި އޭދަފުއްޓަށް އައިސް ބުންޏޯ ތިމަންނަމެންގެ ވަލުގަ އޭދަފުށިމީހުން ހިފާށޭ އޭރުން ފަޅުވެސް ކޮނެދޭނަމޭ. ދައުރުވެސް ނުނިމެނީސް އަޅެ އޭނާ އެކަން ނުކޮށްދޭޏްވެގެން އަވަހަށް ދިނީ އިސްތިއުފާ. އެވަރުގެ މީހެއްގެ ވާހަކަ ކޮޔާ ތިދައްކަނީ. ދެންވެސް އޭނާ އަޔަސް ކަމެއްދިމާވާއިރަށް އެރޭ މޫދަށްކަންވެސް ނޭގެ؟؟؟؟؟؟؟؟؟؟؟؟؟؟؟؟
ޕީ.ޕީ.އެމް އިން ޖަލްސާވެސް ބާއްވަނީ އެމް.ޑީ.ޕީގެ ވާހަކަ ދައްކަންތަ؟ މިމީހުނަށް ނޭނގޭ ދޯ އެހެންވެސް އެމް.ޑީ.ޕީ ޕްރޮމޯޓް ކުރެވެނީކަމެއް. ދެން ތިތާ ތިތިބި އުމުރުގެ މީހުނަށް ޒުވާނުންގެ ލެޔެއް ނޭނގޭނެ. ފުޓްބޯޅައިގެ ވާހަކަ ބާއްވާލާ. އެހެން ނޫނަސް މީހުންގެ ވާހަކަ ދައްކާވަރު ބައެއް ނޫން ވާހަކަ ދައްކަން އަރާ ތިބީވެސް. ހުސް ފެއިލް ވެފަ ތިބި މީހުން. ދެން ކުރާނެ ކަމެއް ނެތިގެން ތިކަންވެސް އޯކޭ..
ޕީ.ޕީ.އެމް މީހުން ހާދަ އެމް.ޑީ.ޕީ މީހުން ދެކެ ބިރުގަނެޔޭ ދޯ. ފޭސް ބުކްގަވެސް ރަށުގެ އަޑު ކުރާ އިންވެސް ޖަލްސާ ތަކުގަވެސް އަމިއްލަ ޕާޓީގެ ރަގަޅު ވާހަކަ ދެއްކުމުގެ ބަދަލުގައި އަބަދުވެސް ދައްކަނީ އެމް.ޑީ.ޕީގެ ވާހަކަ. އެހުރިހާ ކަމެއް ނުވާނެކަމާ ރައްޔިތުންނަށް އެކަން އެގޭނެޔޭ ބުނާއިރު އެވާހަކަތައް އެވަރަށް ދައްކަނީ ކީއްވެބާ؟ ހަމަ އަޖައިބުވޭ.. ތެދަކީ ހަމަ ޕީ.ޕީއެމް މީހުނަށްވެސް އެގެނީ ރަގަޅު ޕާޓީއަކަށް އޮތީ އެމް.ޑީ.ޕީ ކަން.