33 ބާވަތެއްގެ ދޫނި ހިމާޔަތްކޮށްފި

0_132263484857_news

ނަސްލު ނެތި ދިއުމުގެ ބިރު ހީވެފައިވާ 33 ބާވަތެއްގެ ދޫނި ހިމާޔަތްކޮށްފި އެވެ.

އެނާޖީ މިނިސްޓްރީން ބުނީ އަލަށް ހިމާޔަތްކުރި 33 ބާވަތުގެ ދޫންޏަކީ ރާއްޖޭގެ މާހައުލުން ފެންނަކަމަށް ފާހަގަކުރެވިފައިވާ ދޫނީގެ ބާވަތްތަކުގެ ތެރެއިން އެ ތަކެތީގެ އާބާދީ މަދުވެ، އެ ތަކެތީގެ ނަސްލު ނެތިދިއުމުގެ ބިރު ހީވެފައިވާ ބާވަތް ތަކެއް ކަމަށެވެ.

މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ހިމާޔަތްކުރި އެ ދޫނިތައް ހިމާޔަތްކުރީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ހަތަރު ވަނަ މާއްދާއިން މިނިސްޓްރީއަށް ލިބޭ ގާނޫނީ ބާރުން ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން ބުނީ ހިމާޔަތްކުރާ އެއްވެސް ބާވަތެއްގެ ދޫންޏެއްގެ އާއިލާއަށް ނިސްބަތްވާ އެއްވެސް ބާވަތެއް ހިފުމާއި، ގެންގުޅުމާއި، އޭގެ ވިޔަފާރި ކުރުމާއި، އެތަކެތީގެ ބިސް ނެގުމާއި އަދި އެތަކެއްޗަށް ނުވަތަ އެތަކެތީގެ ހާއްޔަށް އެއްވެސް ގޯނާއެއް ކުރުމަކީ ވެސް މަނާކަމެއް ކަމަށެވެ. އަދި އެ މިނިސްޓްރީން ހިމާޔަތްކޮށްފައިވާ ބާވަތެއް ގަވައިދާ ހިލާފަށް ހިފާށް އެތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ބުންޏެވެ.

މިނިސްޓްރީން އަލަށް ހިމާޔަތް ކުރި 33 ބާވަތުގެ ދޫނީގެ އިތުރުން މީގެ ކުރިން އެކި ފަހަރު މަތިން 70 ބާވަތެއްގެ ދޫނި އެ މިނިސްޓްރީން ވަނީ ހިމާޔަތް ކުރެވިފައިވާ ދޫނީގެ ގޮތުގައި ކަނޑައަޅާފައެވެ. އެހެންކަމުން މިހާރު ޖުމްލަ 103 ބާވަތެއްގެ ދޫނި ހިމާޔަތް ކުރެވިފައިވާ ކަމަށްވެސް އެންވައިރުމެންޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އަލަށް ހިމާޔަތް ކުރި 33 ދޫނި:

ލޯހުދު ގޮހޮރުކޭ
ބޮޑު ބުޅިތުނބި
އަނދުން އިލޮޅި
ހުދު އެހަނޑަ
އަޅި ގޮހޮރުކޭ
ކުޑަގޮހޮރުކޭ
ބޮޑު ގޮހޮރުކޭ
ހޯގުޅާ
އަޅި މާކަނާ
ކުޑަ ލަގަނަ
ރަން ރާބޮނދި
ކުޑަ ރާބޮނދި
ރަންމަން ރޭރު
އޮޑި ރޭރު

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.