އެއްބުރުން ފުޓްސަލް މުބާރާތް މިއަދު ހަވީރު

އެއްބުރުން ފުޓްސަލް މުބާރާތުގެ ގުރުނެގުމުގެ ތެރެއިން
އެއްބުރުން ފުޓްސަލް މުބާރާތުގެ ގުރުނެގުމުގެ ތެރެއިން

ޗެމްޕިއަން ޓީމަށް އަޕާޗީ ސައިކަލެއް ހުށަހަޅާފައިވާ އެމްޑީޕީން “އެއްބުރުން ފުޓްސަލް ކަޕް” މިއަދު ހަވީރު ފަށާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން ބުނިގޮތުގައި އޭދަފުށީ ޒުވާނުންނަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ދިހަ ޓީމު ބައިވެރިވެފައިވާ ކަމަށާއި މުބާރާތް މިމަހުގެ 30 ގެ ޔިޔަލަށް ކުރިއަށްދާނެ އެވެ.

މުބާރާތުގެ ގުރުލުމުގެ ރަސްމިއްޔާތު ރޭ އެމްޑީޕީ އޭދަފުށީ ޖަގަހައިގައި ވާނީ ބާއްވައިފަ އެވެ. މުބާރާތް ކުރިޔަށް ދާނީ ނޮކްއައުޓް ސިސްޓަމަށެވެ. މުބާރާތް ކުރިޔަށް ދާނީ އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.

މިއީ މިހާތަނަށް މިހާ ބޮޑު އިނާމެއް ހުށަހަޅައިގެން އޭދަފުށީގައި ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތްކަން ފާހަގަކޮށްލެވެ އެވެ.

އެމްޑީޕީން ބުނީ ފުޓްބޯޅަ މުބާރާތް ނިމޭއި ރަށް ބަށި މުބާރާޓެއްވެސް ބޭއްވުމުގެ ތައްޔާރީތައްވެސް ވަމުންދާ ކަމަށެވެ. އެ މުބާރާޓުގެ ޗެމްޕިއަން ޓީމަށް 15 ބައިސްކަލްވަނީ ހުށަހަޅާފައެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. Yageen

    ޒުވާނުންނަށް ކިތަންމެ މުބާރާތްތަކެއް ހުޅުވާލިޔަސް އަންނިއަކަށް ވޯޓެއް ނުދޭނަނަ. ތޯރިގު ދެންމިވާހަކަ ނަންގަނެލާ އެމީހުންގާތު. ކޮމެންޓް ޑިސްޕްލޭއެއް ނުކުރާނެކަން ޔަގިންވިއްޔާ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.