ޗެމްޕިއަން ޓީމަށް 15 ބައިސްކަލު ލިބޭ ބަށި މުބާރާތެއް

ބަށީ މުބާރާތުގެ ޗެމްޕއަިންޓީމަށް ހުށަހަޅާފައިވާ ބައިސްކަލްތައް-- ފޮޓޯ / އިބްރާހިމް ޝިޔާމް
ބަށި މުބާރާތުގެ ޗެމްޕިއަން ޓީމަށް ހުށަހަޅާފައިވާ ބައިސްކަލްތައް– ފޮޓޯ / އިބްރާހިމް ޝިޔާމް

 

އެމްޑީޕީން ޗެމްޕިއަން ޓީމަށް އިނާމެއްގެ ގޮތުގައި 15 ބައިސްކަލް ހުށަހަޅާފައިވާ ބަށި މުބާރާތެއް އޭދަފުށީ ބާއްވަން ނިންމައިފި އެވެ.

“އެއްބުރުން ބަށި މުބާރާތް” ގެ ނަމުގައި އޯގަސްޓް 31 އިން ސެޕްޓެމްބަރު 2 ގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. މުބާރާތުގައި ބައިވެރިވުމަށް އެއްވެސް ޗަންދާއެއް ދައްކާކަށް ނުޖެހެ އެވެ.

އެމްޑީޕީން ބުނިގޮތުގައި އޭދަފުށީ ޒުވާނުންނަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ބައިވެރިވުމަށްއެދޭ ޓީމުތަކުން މާދަމާ ހަވީރު 3:00 ގެ ކުރިން 7878074 ނުވަތަ 7798074 ނަންބަރު ފޯނާ ގުޅައި ޓީމު ރަޖިސްޓްރޗރީ ކުރަންޖެހެ އެވެ.

އެމްޑީޕީން ޗެމްޕިއަން ޓީމަށް ބައިލައްކައެހާ ރުފިޔާގެ އަޕާޗީ ސައިކަލެއް ހުށަހަޅާފައިވާ ފުޓްސަލް މުބާރެއްތެވެސް މިއަދު ހަވީރު ފެށުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.