![އެއްބުރުން ފުޓްސަލް މުބާރާތުގެ ގުރުނެގުމުގެ ތެރެއިން](https://www.eydhafushitimes.com/live/wp-content/uploads/2013/08/1187299.jpg)
މިއަދު ހަވީރު ފަށަން ކުރިން ހަމަޖައްސައިފައިވާ “އެއްބުރުން ފުޓްސަލް” މުބާރާތް މާދަމާ ހަވީރު ފަށާގޮތަށް ފަސްކޮށްފި އެވެ.
މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނި ގޮތުގައި މުބާރާތް ފަސްކުރީ މޫސުން ގޯސް ވުމުގެ ސަބަބުންނާއި މުބާރާތް ބޭއްވުމަށް ކައުންސިލުން ހުއްދަ ދިން ތަނަކީ އެހެން ބަޔަކަށްވެސް މިވަގުތު ދޫކޮށްފައި އޮތް ތަނަކަން ވުމުން މުބާރާތް ބާއްވާނެ އިތުރު ތަނެއް އަދި ހަމަނުޖެހޭތީ އެވެ.
“އަޅުގަޑުމެން ހަވީރު މުބާރާތް ފަށަން އެ ސަރަހައްދު ތައްޔާރުކުރަމުންދިޔަ އިރު ސްކޫލުން ބުނީ އެ ސަރަހައްދު އޮތީ ސްކޫލަށް ދޫކޮށްފަޔޭ. ދެން ކައުންސިލާ ގުޅައިގެން އެހެންތަނެއް އަދި ހަމަޖެހޭގޮތެއް ނުވޭ. މޫސުން ރަނގަޅިއްޔާ މާދަމާ މުބާރާތް ފެށޭތޯ މިބަލަނީ” މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުންޏެވެ.
ޗެމްޕިއަން ޓީމަށް އަޕާޗީ ސައިކަލެއް ހުށަހަޅާފައިވާ މި މުބާރާތުގައި ދިހަ ޓީމު ވާދަ ކުރާނެ އެވެ.
އިރާދަކުރެއްވިޔާ ތިޔަކަމެއްނުވާނެ.