އޭދަފުށީގެ މެޖޯރިޓީ އޮތީ އެމްޑީޕީގެ ޖީބުގައި: އެމްޑީޕީ

mdp

ކުރިއަށްއޮތް ރިޔާސީ އިންތިހާބު އެމްޑީޕީން އެއްބުރުން ކާމިޔާބުކުރާނެ ކަމަށާއި އޭދަފުށީގެ މެޖޯރިޓީ އޮތީ އެމްޑީޕީގެ ޖީބުގައި ކަމަށް އެ ޕާޓީގެ އޭދަފުށީ ކެމްޕޭން ޓީމުން ރޭ ބުނެފި އެވެ.

އެމްޑީޕީ އޭދަފުށީ ކެމްޕޭން ޓީމުން ރޭ މިރަށު “އައްސޭރި” ކަންމަތީގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަދެއްކި މުހައްމަދު ފާސިރު ވިދާޅުވީ މިރަށުގެ 55 ޕަސެންޓް މީހުން މިހާރު ތިބީ އެމްޑީޕީގައި ކަމަށާއި އެ ޕަސެންޓް އިތުރުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ރޭގެ ޖަލްސާގައި ފާސިރު ވަނީ އޭގެ ކުރީރޭ އޭދަފުށީ ޕީޕީއެމް ކެމްޕޭން ޓީމުން ބޭއްވި ޖަލްސާގައި އޭދަފުށީ ކައުންސިލުގެ މެންބަރުންދެއްކެވި ވާހަކަފުޅުތަކަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކައިފަ އެވެ.

ފާސިރު ވިދާޅުވީ އެމްޑީޕީގެ ތިން އަހަރުގެ ވެރިކަން އޭދަފުށީގެ ރައްޔިތުން ވަރަށްބޮޑަށް ބަލައިގެންފައިވާ ކަމަށާއި، އާސަންދަ އާއި ދަތުރުފަތުގެ ޚިދުމަތާއި، އެކަނިވެރި މައިންނަށްދޭ އެހީ އާއި އެހެނިހެން އެހީތައްވެސް ހިތުގެ އެންމެ ފުންމިނުން މިރަށުގެ ރައްޔިތުން ބަލައިގެންފައިވާ ކަމަށެވެ.

ފާސިރު ވިދާޅުވީ ރައީސް މައުމޫންގެ ރަން ތިރީސް އަހަރު އޭދަފުއްޓަށް ކޮށްދެވުނުކަމަކީ ރިޝްވަތާއި އަނިޔާވެރިކަމާއި މަކާރާއި އަދި ފަސާދައާއި މިކަހަލަ ބޮޑު ގަހެއް އިންދުން ކަމަށެވެ.

“އަޅުގަނޑުމެން މިދަނީ އެ ގަހުގެ މޫތައް ބުރިކުރަމުން، އުފުރަމުން، އުކަމުން. އިރާދަކުރެއްވިއްޔާ ސެޕްޓެމްބަރު 7 ވަނަ ދުވަހު އެ ގަސް އެއްކޮށް ކަނޑާ އެއްލާލާނަން” ފާސިރު ވިދާޅުވި އެވެ.

އަދި ޕީޕީއެމްގެ ޖަލްސާގައި ރައީސް ނަޝީދަށް އޭދަފުށީގެ ބިން ނުހިއްކޭނެ ކަމަށާއި އަދި އިންޓަނޭޝަނަލް ފެންވަރުގެ ދަނޑެއްވެސް ނޭޅޭނެކަމަށް ކައުންސިލުގެ މެންބަރު ވާހިދު ވިދާޅުވެފައިވާތީ އެކަމަށް އިޝާރަތްކުރައްވައި ފާސިރު ވިދާޅުވީ އެމްޑީޕީން އޭދަފުށީގައި އިންޓަނޭނޭޝަނަލް ފެންވަރުގެ ފުޓްބޯޅަ ދަނޑެއް އެޅުމަކީ “ފުއްޓައްކެއް” ޖަހާލާހެން ކޮށްލެވޭނެ ކަމެއް ކަމަށެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގައި މިރަށުގެ ބިން ހިއްކާނީ ހެނދުނު މަހަށް ފުރާ މީހުން އެނބުރި އިރުއޮއްސި ފަޅަށް އަންނަ އިރު ބިން ހިއްކިފައި އޮންނަހާ އަވަސް ސްޕީޑެއްގައި ކަމަށްވެސް ފާސިރު ވިދާޅުވި އެވެ.

ރޭގެ ކަންމަތީ ޖަލްސާގައިވެސް އެމްޑީޕީގެ މެނިފެސްޓޯއާއި އެ ޕާޓީގެ ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުވާލައްވައި ކެމްޕޭން ޓީމުގެ ބޭފުޅުންވަނީ ވާހަކަ ދައްކަވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

  1. އަލީހަމީދު

    މި ލިޔާއެތި ހަޖަމްކޮށްގެން އަރުވަން ނުކެރޭނެ
    އޭދަފުށީގައި އުޅޭ އެމް ޑީ ޕީ ގެ ސިކުނޑި އުނި ކުދިންކޮޅު ވީވައުދުތަކެއް ޖަހައިގެން ބިލްބޯރޑް ހަދައި މި ހަރުކުރީ، އަންނި ވީ އެވެސް ވައުދެއް ނެއްއެއްވެސް ބިލް ބޯރޑެއްގަ. ކޮހުންތައް އަށިގަ ތިބެގެނ ކޮސް ނުތަޅާ އެހެންކަމަކާ އުޅެންވީނު

    ރައްދު
  2. Mohamed

    އިރާދަކުރެއްވިއްޔާ އެއްބުރުން ބަލިވާނީ. އަހަރެންވެސް ކުރިން ތާއީދުކުރީ މޑޕ އަށް. އެކަމަކު މިފަހަރު ސަލާން. .

    ރައްދު
  3. Shahid

    ފާސިރު މޮޔަވީތަ! އޭދަފުށްޓަކަށް ނަސީދު 3 އަހަރުގައި އެއްވެސް ކަމެއް ނުކޮށްދޭ. މިއީ ހަމަ ތެދު ހަގީގަތް. ނަސީދު ބުނާހެން ދުލުގައި ކަށި ނެތީޔާމު ބޭނުން އެއްޗެއް ކިއިދާނެ. ފާސިރުމެން ކަހަލަ ކިޔަވާގެން ތިބިމީހުން ދައްކާކަހަލަ މިސާލެއް ނޫން ވާހަކަ ދައްކަން ހުރެ ތިދައްކަނީޔަކީއެއް. ދެން ތިބުނީ މައުމޫނު އިންދި ގަސްތަކުގެ މޫތަކުގެ ވާހަކަ. އަޅުގަނޑަށް ސިފަވަނީ 8 ފެބްރުއަރީ 2012 ގައި އެމް.ޑީ.ޕީ ގެ ބައެއް ގުންޑާއިން ނިކުމެ ރާއްޖޭގެ ބައެއް ރަށްރަށު ގައި ގަދަ 30 އަހަރު ރައްޔިތުން ގެ މާލީޔާއިން ހަރަދުކޮށްގެން ހައްދާފައި ހުރި ރައްޔިތުންގެ އިމާރާތްތަށް އަންދާ، ބިމާ ތިރިކޮށްލި ފަދައިން، 7 ސެޕްޓެމްބަރުގައި 2013 ގައި އަންނި އެއްބުރުން ފެއިލް ވުމުން އޭދަފުށީގައި މައުމޫނު ވެރިކަމުގައި ހާދާފައިވާ އަގުހުރި އިމަރާތްތައް އަންދާ، ތަޅާ، ސުންނާ ފަތި ކުރާވާހަކަހެން. އޭރުން ދެން މައުމޫނުގެ ގަސްތަކުގެ މޫތަށް އޭދަފުށިން ބޭރު ކޮށްލެވުނު ކަމަށް ވާނީވެސް. އަންނިގެ އެފަދަ ގަހެއް ނެތް ވީޔާ އޭދަފުށްޓަކުއެއް އަދިއެއް. ދެން އަހަރެމެންނަށް ކޮން ބާލާއެއްތަ އަންނި ހޮވުނަސް، ނޮހޮވުނަސް. އަދިބުނަން 55 ފަސެންޓް އެއްނޫން އިނގޭ. 25 ފަސެންޓް އެމް.ޑީ.ޕީ އަށް އޭދަފުށިން ލިބުނަސް އެއީ ބޮޑުވަރު.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.