ފުޓްސަލް ކަޕުގެ ޗެމްޕިއަންކަން ޑާންސް ރީޔުނިއަން އަށް

އޭދަފުށި ޓައިމްސްކުޅިވަރު
ޗެމްޕިއަންޓީމު ސައިކަލާއެކު
ޗެމްޕިއަންޓީމު ސައިކަލާއެކު

އެމްޑީޕީ އެއްބުރުން ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން ޑާންސް ރިޔުނިއަން އިން ހޯދައިފި އެވެ.

އޭދަފުށީ ފުޓްބޯޅަ ދަންޑުގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗު އެ ޓީމު ކާމިޔާބުކުރީ އެފްސީ ސޫޕްއާ ވާދަކޮށް ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 5-6 އިން މޮޅުވެގެންނެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އެމްޑީޕީން ވަނީ ގާތްގަޑަކަށް ފަސްދޮޅަސް ހާސް ރުފިޔާގެ އަޕާޗީ ސައިކަލެއް ދީފައެވެ. ފައިނަލް މެޗު ނިމުމުން ޗެމްޕިއަން ޓީމަށް ސައިކަލު ހަވާލުކޮށްދެއްވީ ކެމްޕޭން ޓީމުގެ ބ. އަތޮޅު ކޯޑިނޭޓަރު އަހްމަދު ހަލީމް އެވެ.

އެމްޑީޕީން ބުނީ ކުރިއަށްއޮތް ތާނގައިވެސް އެ ޕާޓިން ސޮޕޮންސާ ކޮށްގެން މިފަދަ އިތުރު މުބާރާތްތައް އޭދަފުށިގައި ބާއްވާނެ ކަމަށެވެ.

އެމްޑީޕީން ވަނީ ޗެމްޕިއަންޓީމަށް 15 ބައިސްކަލް ލިބޭ ބަށި މުބާރާތެއްވެސް ފަށައިފަ އެވެ. މި މުބަރާތުގެ ފައިނަލު މާދަމާ ހަވީރު އޮންނާނެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...