އެއްބުރުން ބަށި މުބާރާތް އައްޑަނަ ކާމިޔާބުކޮށްފި

ތޯރިގް އަބްދުއްރަހުމާނުކުޅިވަރު
ބަށީ މުބާރާޓުގެ ޗެމްޕިއަން ޓިމަށް ލިބުނު ބައިސްކަލުތަކއެކު-- އީޓީ ފޮޓޯ / ތޯރިގް
ބަށީ މުބާރާޓުގެ ޗެމްޕިއަން ޓިމަށް ލިބުނު ބައިސްކަލުތަކއެކު– އީޓީ ފޮޓޯ / ތޯރިގް

 

އެމްޑީޕީ އޭދަފުށީ ކެމްޕޭން ޓީމުން އިންތިޒާމުކޮށްގެން އޭދަފުށީގައި ބޭއްވި “އެއްބުރުން ބަށި މުބާރާތު”ގެ ފައިނަލުގައި ގަލްފު ގާލްސް އަތުން މިއަދު މޮޅުވެ، އައްޑަނަ ބަށި ޓީމު މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

އައްޑަނަ ބަށި ޓީމުން މުބާރާތް ކާމިޔާބުކުރީ 27 ލަނޑު ހަތް ފޯލިންނެވެ. މެޗުގައި ގަލްފް ގާލްސް ޓީމަށް ހެދުނީ 15 ލަނޑު 1، ފޯއްޔެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ލިބުމާއެކު، އައްޑަނަ ބަށި ޓީމުގެ ކޮންމެ ކުޅުންތެރިއަކަށްވަނީ އިނާމެއްގެ ގޮތުގައި ބައިސްކަލެއް ލިބިފަ އެވެ. ފައިނަލަށް މެޗަށް ފަހު ޗެމްޕިއަން ޓީމުގެ ކުޅުންތެރިންނަށް ބައިސްކަލުތައް ހަވާލުކޮށްދެއްވީ އޭދަފުށީ އަންހެނުންގެ ކޮމެޓީގެ ރައިސާ އައިޝަތު ހުސައިނެވެ.

އެމްޑީޕީން ވަނީ އެއްބުރުން ފުޓްސަލް މުބާރާތެއްވެސް ބާއްވައިފަ އެވެ. މި މުބާރާތުގެ ޗެމްޕިއަންޓީމަށް ވަނީ އަޕާޗީ ސައިކަލެއް ދީފަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...