ނުފޫޒެއްނެތި ވޯޓުލުން..!!

1

މިއަހަރުގެ ރިޔާސީ އިންތިހާބުގެ ވަގުތު ކުޑަތަންވަމުން އަންނައިރު ނޮވެމްބަރު 11 ވަނަ ދުވަހު ޤައުމުގެ ހުންގާނުގައި ހުންނަވާނީ ކޮންބޭފުޅެއްތޯ މިއީ އަޅުގަނޑުމެން އެންމެންގެވެސް ބޮޑު ސުވާލެވެ. ޕާޓީ ރޫހުގައި ފޫގަޅާފައި ތިބި ދިވެހިންގެ ތެރެއިން އެއްބަޔަކު ނުނިދާ ކެމްޕޭން ކުރަމުންގެންދާއިރު އަނެއްބަޔަކު ތިބީ ގޭތެރޭގައި ވޯޓުލާނެ ކެންޑިޑޭޓަކާއިމެދު ވިސްނާށެވެ. ކޮންމެ ގޮތެއްވިއަސް ވޯޓަކީ ތިމާގެ ހައްޤަކަށް ވީއިރު އެހައްޤު އަދާކުރުމުގެ ފުރިހަމަ މިނިވަންކަން ކޮންމެ ރައްޔިތަކަށްވެސް ލިބިގެން ދިއުމަކީ އަޅުގަނޑުމެން އެންމެވެސް ޤަބޫލުކުރަންޖެހޭ ހަޤީގަތެކެވެ. އަދި މިއީ ކޮންމެ ރައްޔިތަކަށްވެސް ޤާނުނު އަސާސީން ލިބެދޭ ހައްޤެކެވެ.

ރައްޔިތުން އެދޭފަދަ ވެރިކަމެއް ހޯދައިދޭނެކަމުގެ ޔަގީންކަން ހުރިހާ ކެންޑިޑޭޓުން ދެމުންގެންދާއިރު، ސެޕްޓެމްބަރ 7 ވަނަ ދުވަހު ލެވޭ ހެޔޮ ފާހަގައިން އަންނަން އޮތް ޖީލަށްވެސް އޭގެ މުހިއްމުކަން އިންތިހާއަށް ބޮޑުވެއެވެ. އިޤްތިޞާދީ ގޮތުންނާއި، އުފެއްދުންތެރިކަމުގެ ގޮތުންނާއި، ޤައުމުގެ ސިނާއަތްތައް ކޮޅަށް ޖެހުމުގައި ހެޔޮ ބަދަލެއް ނޭނގިއްޖެނަމަ އޭގެ އަސަރު އެންމެ ތުއްތު ކުއްޖާއަށްވެސް ކުރާނޭކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ. އެހެންކަމުން މި ފުރިހަމަ ޒިންމާ އަދާކުރުމަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާއިއެކު ކުރިމަތިލުމަކީ މުހިއްމު ކަމެކެވެ. ތިމާގެ ފިކުރު ހުންނަގޮތަކުން ވަކި މީހެއްގެ މައްޗަށް ނުފޫޒު ފޯރުވައި ވޯޓު ހޯދަން މަޖުބޫރު ކުރުވުމަކީ އަނެކާގެ ހައްގަށް އަރައިގަތުމެވެ. އަޅުގަނޑުމެން އެންމެންނަކީވެސް އެކަކު އަނެކަކުގެ އެހީތެރިކަމަށް ނުހަނު ބޭނުންވާ ބަޔަކަށް ވީ ހިނދު އެހީތެރިކަމުގެ ބަދަލެއްގެ ގޮތުގައި “ވޯޓު” ހިމެނިގެން ދިއުމަކީ އަނެކާއަށް ލިބިފައިވާ އަމިއްލަ މިނިވަންކަމަށް އަރައިގަތުންކަމުގައި ނޫނީ ނުވާނެއެވެ. ސިޔާސީގޮތުން ހަލަބޮލިވެފައިވާ މި މުޖުތަމައުގައި ރައްޔިތުން ހަނާވަމުންދާއިރު ވޯޓަކީ ސިޔާސީގޮތުން ތިމާގެ އަތުގައި އޮތް އެންމެ ބާރުގަދަ ހަތިޔާރުކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެނެވެ. އެހެންކަމުން ނުފޫޒުން އެއްކިބާވެ މި ހަތިޔާރުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަކީ ނުހަނު ބޭނުންތެރިކަމެކެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Ahmed Rasheed/ Seetmaage - Baa. Eydhafushi

    މަހުޖަނު މިހާދޭ ލެޕްޓޮޕަކަށް ނުވަތަ، ނަގާފައިވާ ލޯނެއްގެ ބައެއް އަދާކުރުމަށް ދޭ ފައިސާކޮޅަށް ، ނުވަތަ ފުރާޅުގައި ޖަހާލާނެ ޓިނުކޮޅަކަށް ތިމާގެ ވޯޓު ވިއްކާލުމަކީ، ތިމާއަށް ޙާޞިލުކުރެވޭ ވަގުތީ އުފަލެއްގެ އިތުރުން ތިމާގެ ދަރީންގެ ދަރީންނަށް، ބޭވަފާތެރިވުންކަމުގައި ނުވާނެތޯ؟ ދަރީންގެ މުސްތަޤުބަލަށްޓަކައި މިއަދު، ތިމާ އެޅި ހަރުދަނާ ބިންގަލަކުން މެނުވީ، ދުޅަހެޔޮ ޞިއްޙަތަކާ ތާހިރު ދިރިއުޅުމެއް ނުލިބޭނެ ކަމުގައި ޤަބޫލުކުރަން ޖެހެއެވެ. ރަށުގެ އިޖްތިމާޢީ ރައްކާތެރިކަމާ، ޢުމުރާނީ ތަރައްޤީ، އަދި ޒަމާނީ ތަޢުލީމާއި ދުޅަހެޔޮ ޞިއްޙީ ނިޒާމެއް ޤާއިމުކޮށް އޭގެ މަންފާ އެންމެހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިބުމަކީ ކޮންމެ ރައްޔިތެއްގެވެސް ފޮނި އުއްމީދު ކަމުގައި ނުވެ ނުދާނެކަން ކަށަވަރު. ވީމާ އަމިއްލަ މަސްލަޙަތު އެކުލެވިގެންވާ އަމިއްލަ ވިޔަފާރި މުޅި ޤައުމުގައި ހަންފަތުރަމުންދާ މަހުޖަނުންގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް ވޯޓު ދިނުމަށްވުރެ، ސީދާ ރައްޔިތުމީހާއަށް މަންފާކުރާނެ ސިޔާސަތުތަކެއް ރައްޔިތުންނަށް ހުށަހަޅާފައިވާ، އަދި އޭގެ އަސަރު މިހާރުވެސް އެންމެހާ ރައްޔިތުންނަށް ދާއިމީ ގޮތެއްގައި ލިބެމުންދާނެ އުޞޫލުތައް ޤާއިމުކޮށް ތަންފީޒު ކޮށްފައިވާ ހަމައެކަނި ޕާޓީ ކަމުގައިވާ އެ.ޑީ.ޕީ އަށް ވޯޓުދިނުން ކިހިނެއްތޯ؟ ފިސާރި ރަގަޅަށް ވިސްނުމަށްފަހު، ވޯތުދެއްވާ!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.