އިންތިހާބް އަނެއްކާ ވެސް ކެންސަލް!

އޭދަފުށި ޓައިމްސްޚަބަރު
އޭދަފުށީގައި ވޯޓްލުން ކުރިއަށްދަނީ
ފުރަތަމަ ބުރުގައި އޭދަފުށީގައި މީހަކު ވޯޓްލަނީ

 

ސްޕްރީމް ކޯޓްގެ ގައިޑް ލައިނާ ހިލާފަށް އިލެކްޝަން ކޮމިޝަނުން އަމަލު ކުރަމުންދާ ކަމަށް ބުނެ ޕީޕީއެމާއި ޖުމްހޫރީ ގުޅުމުން ވޯޓާސް ރަޖިސްޓްރީގައި ސޮއި ނުކޮށް ވަނިކޮށް، އިންތިހާބް ބާއްވަން މަސައްކަތް ކުރަމުން ދަނިކޮށް ފުލުހުން އެކަމަށް ހުރަސް އެޅުމުން މިއަދު ބާއްވަން އުޅުނު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ވެސް ކެންސަލްކޮށްފި އެވެ.

އިންތިހާބް ކެންސަލް ކުރި އިރު އީސީން ވަނީ ރާއްޖޭން ބޭރަށާއި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ޗާޓަރު ފުލައިޓްތަކުގައި އިލެކްޝަނާ ގުޅޭ ތަކެތި ވެސް ފޮނުވައި ބޭކާރު ހަރަދުތަކެއްކޮށްފަ އެވެ.

އިންތިހާބުގެ ވޯޓާސް ރަޖިސްޓްރީގައި މައްސަލަތަކެއް ހުރިކަން ޕީޕީއެމުންނާއި ޖުމްހޫރީން ފާހަގަކޮށްފައިވާ އިރު، އެމްޑީޕީގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ލިސްޓްތަކުގައި ސޮއި ކުރައްވައިފަ އެވެ.

އިންތިހާބް ނުބޭއްވި ލަސްވަމުން ދާތީ ގިނަ ބަޔަކު ދަނީ މިކަމާ ކަންބޮޑުވުން ވެސް ފާޅު ކުރަމުންނެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...